Roadha Mihaaru
ބިދޭސީންގެ ބަދަލުގައި ދިވެހި ޓީޗަރުން އުފައްދަނީ

ބިދޭސީންގެ ބަދަލުގައި ހުރިހާ ސްކޫލަކަށް ދިވެހި ޓީޗަރުން އުފައްދަނީ

26 ޑިސެމްބަރ 2023

ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭނެ ދިވެހި ޓީޗަރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކަށް ކިޔަވައިދޭނެ ދިވެހި ޓީޗަރުން، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އާ ސްކޫލުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ފެންވަރު ރަނގަޅު، ދިވެހި ޓީޗަރުންނަށް ހަދަން ކެބިނެޓާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.

"އޭގެ ނަތީޖާއަކަށް ވާނީ އަޅުގަނޑުމެންގެ ތުއްތު ދިވެހި ކުދިންގެ ދިވެހި ސިކުނޑިތައް، ދިވެހި ގައުމިއްޔަތުގެ މަތީގައި ބިނާކުރަން ތިބޭނީ ދިވެހި ޓީޗަރުންނޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި އެޑިޔުކޭޝަން މިނިސްޓަރު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ އަދި އެޑިޔުކޭޝަން މިނިސްޓަރު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިވެހި ޓީޗަރުން އުފެއްދުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އޭގެ ފޮނި މީރުކަން އާއިލާތަކާއި ޒުވާނުންގެ އިތުރުން ދަރިންނަށް ވެސް ލިބޭނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވެފައި ވާއިރު، ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި 21 ދާއިރާއެއްގެ ވަޒީފާތައް ދިވެހިންނަށް ހާއްސަކުރަން ނިންމި ދާއިރާގެ ތެރޭގައި ވެސް ޓީޗަރުން ހިމެނެ އެވެ.

ތައުލީމީ ދާއިރާގައި ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ފަށާން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ކުދިން ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ރާއްޖެއަށް ފިކުރީ ތަރައްގީ ގެނެވޭނީ ތައުލީމުން ކަމަށާއި އޭގައި އެންމެ ބޮޑު ބޭނުމަކަށް ވާނީ ދިވެހިންގެ އަދަބިއްޔަތާއި ރީތި ސިފަތައް ގެނައުމެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުންގެ އަދަދަކީ 1،188 އެވެ. އެ މުއްދަތުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 6،596 އެވެ. މިދިޔަ ފަސް އަހަރު ގުރުއާނާއި އަރަބި ކިޔަވައިދޭން އެކި ގައުމުތަކުން 26 ޓީޗަރުން ވަނީ ގެނެސްފަ އެވެ.