މާލެ ކައިރިން ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް ހަމަނުޖެހި އުޅޭތާ 15 އަހަރު ފަހުން ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.
11 އޮކްޓޯބަރ 2025
މާލެ ކައިރިން ދަރިވަރުން ކޭމްޕަށް ދާނެ ތަނެއް ހަމަނުޖެހި އުޅޭތާ 15 އަހަރު ފަހުން ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.
މި ސަރުކާރުން އެ ތަން ހަމަޖައްސައިދިނީ އެނބުދޫ ފަޅުގައި (ކްރޮސްރޯޑްސް) ގަ އެވެ.
އެ ކޭމްޕިން ސައިޓް މިއަދު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް.---ފޮޓޯ: ރައީސް އޮފީސް
ކްރޮސްރޯޑްސްގައި ސްކޫލް ކުދިންގެ ކޭމްޕިން ގްރައުންޑް ހަދައި ދިނީ ކްރޮސްރޯޑްސްގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. ޖުމުލަ ތިން ހެކްޓަރުގެ އެ ސަރަހައްދުގައި މިސްކިތަކާއި ފަސްޓް އެއިޑް ކޮޓަރިއަކާއި އެޑްމިން އޮފީހެއް އަދި ކޮޓަރިތައް ހުރެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ދަރިވަރުން ކޭމްޕް ކުރާނެ ތަނެއް މާލެ ސަރަހައްދުގައި ނެތި 15 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ. އެކަން އެހެން އޮތް އިރު ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ވަރަށް މުހިއްމު ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ފަނަރަ ވަރަކަށް އަހަރު ވެއްޖެ މަދަރުސާ ކުދިންގެ ކޭމްޕިން ގްރައުންޑް މާލެ ސަރަހައްދުން ދިޔަތާ. ފަނަރަ އަހަރަށް ފަހުގައި ދަރިވަރުންނަށް އެކިއެކި ހުނަރާއި ގާބިލިއްޔަތުތައް ދީ، އެ ކުދިންނަކީ އެއީ އެކިއެކި ހުނަރުތައް ލިބިފައިވާ ކުދިންގެ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ޔުނިފޯމް ބޮޑީސް. ކެޑޭޓް، ސްކައުޓް އަދި ގާލްގައިޑް ހަރަކާތްތަކަކީ މުހިއްމު ހަރަކާތްތަކެއް ކަމަށް މަނިކުފާނު ގަބޫލުކުރައްވަނީ،" ރައީސް މުއިއްޒާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، ކޭމްޕިން ގްރައުންޑްގެ ގޮތުގައި މިއަދު ހުޅުވީ އެ ކަމަށް ވަރަށް އެކަށޭނަ ތަނެކެވެ. އަދި "ޔުނިފޯމް ބޮޑީސް" ގެ ހަރަކާތްތައް ކޭމްޕިން ގްރައުންޑާ އެކު، ފުރިހަމަ ވާނެ ކަމުގެ އުންމީދު އޭނާ އާ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކޭމްޕިން ސައިޓްގެ ބޭނުން ކުރާނީ ހަމަ އެކަނި ޔުނިފޯމް ބޮޑީސްގައި އުޅޭ ދަރިވަރުން އެކަނި ނޫން ކަމަށެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ބައްލަވައިލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި ކޭމްޕިން ގްރައުންޑަކީ، މި ސައިޓަކީ ތައުލީމީ އެކިއެކި ހަރަކާތް ވެސް ހިންގާނެ ގްރައުންޑެއްގެ ގޮތުގައި އޮންނާނީ. އަބަދު ކެޑޭޓް، އަބަދު ސްކައުންޓް ނުވަތަ ގާލްގައިޑް ކޭމްޕްގައި ނުތިއްބަވާނެ،" އޭނާ ވިދާޅުވި އެވެ.
ކޭމްޕިމް ސައިޓް ބޭންކުރެވޭނެ އެހެން ކަންތައްތަކުގެ ތެރޭގައި ފިޝަރީޒް ސައިންސް ކިޔަވާ ދަރިވަރުން ފީލްޑް ޓްރިޕް ދިއުމާއި ތިމާވެށްޓާ ބެހޭ ގޮތުން ހިންގާ އެކިއެކި ހަރަކާތްތައް ހިމެނޭނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ހުޅުއްވައި ދެއްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް.---ފޮޓޯ: ރައީސް އޮފީސް
"އަދި ހަަމ އެއާ އެކުގައި ހަފުތާ ބަންދުގައި ބެލެނިވެރިން ދަރިވަރުންނާ އެކުގައި، އެ ބެލެނިވެރިން ދަރިވަރުންނަށް މާހައުލުން އުގަންނައިދޭން ބޭނުންވާ އެކިއެކި [ކަންކަމާ ގުޅޭ] އިވެންޓްތަކާއި އެކިއެކި ހަރަކާތްތަކަށް ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ މި ކޭމްޕިން ގްރައުންޑް އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލް ކުދިން ކޭމްޕްކުރަން މާލެ ސަރަހައްދުގައި އެންމެ ފަހުން އޮތް ގުުދުރަތީ ރަށަކީ ފޭދޫ ފިނޮޅެވެ. ނަމަވެސް އެ ރަށް މީގެ 8 ވަރަކަށް އަހަރުކުރިން ވަނީ ރިސޯޓެއް ހަދަން ދޫކޮށްދަ އެވެ.
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
"ރިވެލި" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
އާ އުސޫލުގައި ގްރޭޑް 9އިން ފެށިގެން ތުނބުޅި ބެހެއްޓޭ
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް