Roadha Mihaaru
ފާލިލް: ސުމަކުން ފަށައި އުފެއްދީ ބޮޑު އިންޑަސްޓްރީއެއް

ފާލިލް: ސުމަކުން ފަށައިގަނެ އުފެއްދީ ބޮޑު އިންޑަސްޓްރީއެއް

27 ޑިސެމްބަރ 2023

ރާއްޖޭގައި ވޯޓާސްޕޯޓްސް އަކީ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ވަކި އިންޑަސްޓްރީއެކެވެ. އެތައް ވިޔަފާރިތަކަކީ ޒުވާނުންނެއް ވޯޓާސްޕޯޓްސްގެ ތެރެއިން އަންނަނީ ފައިދާ އާއި އާމްދަނީ ހޯދަމުންނެވެ. ވަޒީފާގެ ފުރުސަތުތައް އެހާމެ ގިނައިރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑު އެއް ސަބަބަށް ވޯޓާސްޕޯޓްސް ވަނީ ވެފަ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މިއީ މިއަދުގެ ހާލަތެވެ. ނަމަވެސް މީގެ 28 އަހަރު ކުރިން އަބްދުالله ފާލިލް ރިސޯޓް ދާއިރާ އަށް ވަޒީފާއަށް ނުކުތްއިރު ހާލަތު އޮތީ މިހެނެއް ނޫނެވެ. އޭރަކު ރާއްޖޭގައި ވޯޓްސްޕޯޓްސް އިންޑަސްޓްރީއެއް ނެތެވެ. އަމުދުން ދިވެހިން އެ މަސައްކަތުގައި ނުވެސް އުޅެ އެވެ. އެއީ އާމްދަނީ ހޯދިދާނެ މަސައްކަތެއް ކަމަށް ވެސް އޭރު އަންދާޒާ ކުރެވިފައި ނެތެވެ.

ފުވައްމުލަކަށް އުފަން ފާލިލް އޭނާގެ އުމުރުން އެންމެ 14 އަހަރުގައި ރިސޯޓް ދާއިރާއަށް ނުކުތީ އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ރިސޯޓަކަށް ދިޔައީ ރިސެޕްޝަނިސްޓެއްގެ ވަޒީފާއަށެވެ. އޭރުން ދިވެހިންނަށް ވަޒީފާ ލިބެނީ ވެސް އެކަހަލަ އާދައިގެ އިދާރީ ވަޒީފާއެއް ނޫނީ ދަސްވެފައި ހުންނަ ހުނަރެއްގެ ސަބަބުން ކުރެހުން ފަދަ ކަންކަމަށެވެ.

އެ ވަޒީފާގައި އުޅުނުއިރު ފާލިލްއަށް ފެނުނީ މާބޮޑު މުސްތަގުބަލެއް ކުރިމަތީގައި އޮތް ތަނެވެ. ރިސޯޓްގައި އޭރު ހިންގަމުންދިޔައީ އާދައިގެ ވިންޑް ސާފިން ސްކޫލެކެވެ. މާ ބޮޑު މޫދު ކުޅިވަރެއް ނެތްއިރު ވެސް ޑައިވިން ފަދަ ކަންކަމުގައި ވެސް އުޅެނީ ހުސް ބިދޭސީންނެވެ. އޭގެ ތެރެއިން ފާލިލަށް ފެނުނީ އޭނާއަށް ހުޅުވެން ބޮޑު ދޮރެކެވެ. ރާއްޖޭގައި ފުޅާކުރެވޭނެ ވަރުގަދަ އިންޑަސްޓްރީއެކެވެ.

އިދާރީ މަސައްކަތުގެ ވަޒީފާގައި އުޅެމުން ފާލިލް އެ މަސައްކަތް ބާރަށް ފަށައިގަތެވެ. މޫދު ކުޅިވަރުތައް އޭނާ ދަސްކުރަން ފެށިއެވެ. ފަހަރަކު ކުޅިވަރަކުން ގޮސް, ކަމުގެ މާހިރަކަށް އޭނާ ވި އެވެ. މޫދު ކުޅިވަރެއް ވިއްޔާ ފާލިލްއަށް އެނގޭނެއޭ ބުނާ މިންވަރަށް އޭނާ އެ މަސައްކަތް ކުރި އެވެ. އޭރު އޭނާގެ ހުރީ ޒުވާން ޖޯޝެވެ. އެއަށްފަހު މަސައްކަތުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުން 2000 ވަނަ އަހަރު ވޯޓާސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ވަޒީފާއާ ގުޅުނެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

"އޭރު ވެސް އަހަރެންގެ މަގުސަދަކަށްވެފައި އޮތީ މިކަމުގައި ޕްރޮފެޝަނަލް ލެވެލްއަކަށް ދިޔުން. އާމްދަނީ ލިބޭނެ ހަރުދަނާ މަސައްކަތަކަށް ވޯޓާސްޕޯޓްސް ހެދުމަށް މިޝަނެއް އޭރު އޮތް. ގިނަ ބަޔަކަށް މިކަން ދަސްކޮށްދީ އާމްދަނީ ހޯދައިދޭން ބޭނުންވެފައި ހުރީ," ފާލިލް ކިޔައިދިނެވެ.

އަމިއްލައަށް ކުޅިވަރުތައް ދަސްކުރުމަށްފަހު ފާލިލްއަށް ވިސްނުނީ އޭނާ އަމިއްލައަށް މަސައްކަތް ފަށައިގަތުމަށެވެ. އެކަމުން އާމްދަނީ ހޯދޭނެ ގޮތް އޭނާ އަމިއްލައަށް ހޯދުމަށެވެ. ފާލިލް ފަހުރުވެރިވާ "އެކްސްޓްރީމް މޯލްޑިވްސް" އުފެދުނީ މި ހިސާބުންނެވެ. "އެކްސްޓްރީމް މޯލްޑިވްސް" އަކީ ރާއްޖޭގެ ވޯޓާސްޕޯޓްސް އިންޑަސްޓްރީ އުފެދުމުގެ އެއް އަސްލެވެ. ކަމުގެ މޭސްތިރިންނެވެ.

ދެހާސް ހަ ވަނަ އަހަރު "އެކްސްޓްރީމް މޯލްޑިވްސް" އުފެއްދުމާ އެކު ދިވެއްސަކު އިސްވެ ހުރެ ރާއްޖޭގައި ވޯޓާސްޕޯޓްސް ހިދުމަތް ދިނުން ފެށިގެން ދިޔަ އެވެ. ބިދޭސީން އަތްދަށުގައި އޮތް އެ އިންޑަސްޓްރީ ދިވެހިންގެ އަތް މައްޗަށް ފުރޮޅާލީ ދިވެހިންގެ މޫދަށް ދިވެހިން މާގަދަވާނެ ކަމާއި މާ ފަރިތަވާނެ ކަމަށް ބުނަމުންނެވެ. އެ ކުންފުނި ވެގެންދިޔައީ ރާއްޖޭގެ ވޯޓާސްޕޯޓް އިންޑަސްޓްރީ އިންގިލާބުކޮށްލި ފެށުމަކަށެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

"އެންމެ ފުރަތަމަ އަހަރެން ހޮބީއެއްގެ ގޮތުގައި ވޯޓާސްޕޯޓްސް އަށް ވަނީ. ހުރިހާ ވައްތަރެއްގެ ކުޅިވަރަކީ އަހަރެންގެ ޕެޝަން, އަހަރެން ބޭނުންވީ އެ ޕެޝަން ވިޔަފާރިއަކަށް ހަދަން. ޕެޝަން އިން އާމްދަނީ ހޯދަން. އެހެންވެ މިގޮތަށް އަހަރެން މަސައްކަތް ކުރީ," ފާލިލް ބުންޏެވެ.

ފާލިލް އަމިއްލަ ކުންފުންޏެއް ހަދައިގެން ވޯޓާސްޕޯޓްސްގެ ހިދުމަތް ދޭން ބެލިއިރު އެކަމަށް ބޭނުންވާ މީހުނެއް ވެސް ނެތެވެ. ފާލިލް ބޭނުންވީ ދިވެހިންގެ ކުންފުންޏަކަށް ހަދަން ކަމުން, ބޭރުން މީހުން ގެނައުމުގެ ބަދަލުގައި އޭނާ މަސައްކަތް ފަށައިގަތީ ދިވެހިން ތަމްރީނުކުރާށެވެ. ހުރިހާ ވައްތަރެއްގެ ވޯޓާސްޕޯޓްސް އޭނާ ޒުވާނުންނަށް ކިޔައިދެމުން ދަސްކޮށްދެމުން ދިޔައީ, އެ މީހުންނަށް ވެސް ވަޒީފާގެ ރަނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އަޒުމުގަ އެވެ.

"ސްކޫލަށް ގޮސް ނުކިޔެވުނު ޒުވާނުންނަށް ވެސް ވަރަށް ބޮޑު މަގަކަށް އަސްލު ވޯޓާސްޕޯޓްސް ވެގެން ދިޔަ. ވޯޓާސްޕޯޓްސް މުހިންމު ޖޮބަކަށް ހެދިއްޖެ. ކުރިން ރިސޯޓެއްގައި މި ހުންނަނީ ވަރަށް ދެތިން ވޯޓާސްޕޯޓްސް ވަޒީފާ. މިހާރު މިއީ ބޮޑު އިންޑަސްޓްރީއެއް. އެތައް ބަޔަކު މިކަމުގައި މި މަސައްކަތް ކުރަމުންދަނީ. ހާއްސަކޮށް މޫދު ކުޅިވަރަށް ލޯބިޖެހިފައި ތިބި ޒުވާނުންނަށް މިކަންވީ ބޮޑު ފުރުސަތަކަށް," ފާލިލް ބުންޏެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް މި މަސައްކަތް ފެށިއިރު ވޯޓާސްޕޯޓްސްއާ ގުޅޭ އެއްވެސް އުސޫލެއް, އެއްވެސް ގައިޑްލައިނެއް ނެތެވެ. އެހެންވެ އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ ކޮންމެ ކުޅިވަރަކަށް ވެސް ވަކިވަކި ގައިޑްލައިންތަކާއި އެސްއޯޕީތައް ހެދުމެވެ. މިއީ އިންޑަސްޓްރީއެއްގެ ގޮތަށް ވޯޓާސްޕޯޓްސް ކުރިއަރުވަން އެޅި އެންމެ މުހިންމު އަދި ވަރުގަދަ ފިޔަވަޅެވެ. މިއަދު އެ ގައިޑްލައިންތަކާއި އެސްއޯޕީތަކަކީ މި މަސައްކަތަށް ނުކުންނަ މީހުންނަށް އޮތް އެންމެ އަގުބޮޑު ރައުސުލްމާލެވެ.

"އަމިއްލައަށް ކުންފުންޏެއް ހަދައިގެން އެ ގްރޯކުރީ. އެއްވެސް އެއްޗެއް އަތަކު އޮވެގެނެއް ނޫން. ފޯކާސްޓެއް ހިފައިގެން ބޭންކަކަށް ދިޔައީމަ ވެސް ނުދޭ ފައިނޭންސެއް ވެސް. ޖެހެނީ ހަމަ ކުޑަ ބޯޑުން ލިބޭ އާމްދަނީ ބޭނުންކޮށްގެން ގޮސް ބޮޑު ބޯޑެއް ގަންނަން," ފާލިލް ބުންޏެވެ.

ފާލިލްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ އޭނާގެ ވޯޓާސްޕޯޓްސް ކުންފުންޏަށް ބައިނަލްއަގްވާމީ ބޮޑު ބްރޭންޑެއް ކަމަށްވާ "މެރިއޮޓް އިންޓަނޭޝަނަލް"ގެ ބައިވެރިވުން ލިބި, އެމީހުންގެ އިތުބާރާ އެކު ގެސްޓުންނާ ގާތުން ހިދުމަތް ދޭން ފުރުސަތު ލިބުމެވެ. އެކްސްޓްރީމް މޯލްޑިވްސްގެ ވޯޓާސްޕޯޓްސްގެ ހިދުމަތް މިހާރު ޝެރެޓަން މޯލްޑިވްސް ރިސޯޓްގައި ދެމުންދާއިރު, އެ ކުންފުނީގެ ވަޒީފާގައި މިހާރު ވެސް 22 މީހުން އެބަ ތިއްބެވެ. އެ އެންމެންނަށް ފައިސާ ލިބި ރަނގަޅު އާމްދަނީއެއް ލިބެމުން ދިޔުމަކީ ފާލިލްގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެ ރިސޯޓަކީ އޭނާ ރިސެޕްޝަނިސްޓެއްގެ ގޮތުގައި ވަޒީފާ ވެސް އަދާކުރި ތަނެކެވެ.

"ވަޒީފާ ދަސްކޮށްދީގެން ވަޒީފާ ހޯދައިދީފައިވާ މީހުން މުޅިން ވެސް އެކްސްޓްރީމް މޯލްޑިވްސްގައި ތިބޭނީ," ފާލިލް ބުންޏެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް ސުމަކުން ފެށި މަސައްކަތުގައި އޭނާ މިހާރު ހުރީ އެންމެ އުހުގަ އެވެ. ވޯޓާސްޕޯޓްސްއަށް ބޭނުންވާ ހުރިހާ ސާމާނެއް, ހުރިހާ އާލާތެއް, ހުރިހާ ވަސީލަތެއް އަދި ހުރިހާ އިލްމެއް އޭނާގެ އެބަ ހުއްޓެވެ. ވޯޓާސްޕޯޓްސް އިންޑަސްޓްރީއެއްގެ ގޮތުގައި ކޮޅަށް ނަގައި އޭނާ ދެކެމުން ދިޔަ ހުވަފެން މާ ފުރިހަމައަށް ވެސް ވަނީ ހަގީގަތަކަށް ހަދައިފަ އެވެ.

ހަމައެކަނި ރިސޯޓުން ފާލިލް ފުއްދާލީއެއް ނޫނެވެ. އޭނާގެ އުފަން ރަށަށް ހިދުމަތެއްކޮށް ދޭން ވެސް ފާލިލް ބޭނުންވި އެވެ. އެހެންވެ އެކްސްޓްރީމް މޯލްޑިވްސްގެ ދަށުން ފުވައްމުލަކުގައި "އޮލިގެ" ނަމުގައި ގެސްޓް އެކްޓިވިޓީސްގެ ހިދުމަތް ދޭން ފެށި އެވެ. އެތަނުގައި ޑައިވިން ސްކޫލެއް ހަދައި އެތައް ކުދިންނަކަށް ވޯޓާސްޕޯޓްސް އޭނާ ދަސްކޮށްދިނެވެ. ޓޫރިސްޓުންނަށް ފުވައްމުލައް ހުޅުވާލައި ރަށުގެ އާދަޔާ ހިލާފު ގުދުރަތީ ރީތިކަމުގެ ތެރެއިން މޫދު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހޯދައިދިނެވެ. ރަށުގައި ތިބެ ވަޒީފާއެއް އަދާކުރަން ބޭނުންވާ ޒުވާނުންނަށް މިވީ ރަނުގެ ފުރުސަތަކަށެވެ. ފާލިލް ހޯދައިދިން އަގުހުރި ފުރުސަތެކެވެ.

ސީއެސްއާރް ޕްރޮގްރާމްތައް ވެސް ފާލިލް ގެންދަނީ ހިންގަމުންނެވެ. ވޯޓާސްޕޯޓްސް އަކީ ކުރެވިދާނެ ކަމެއްތޯ އަމިއްލައަށް ތަޖުރިބާކޮށްލަން ވެސް ޒުވާނުންނަށް ފުރުސަތުތައް ދެމުންގެންދާކަން އޭނާ ފާހަގަކުރި އެވެ. އޭނާގެ ހުރިހާ ވެސް ބޭނުމަކީ ފުވައްމުލަކަށް ހުރިހާ ގޮތަކުން ވެސް ފައިދާވުމެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

"ޓޫރިޒަމް ވިޔަފާރީގެ ތެރެއިން ވީހާ ވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތް ހޯދައިދިނުން އަހަރެންގެ މަގުސަދަކީ. ރިސޯޓްތަކުގައި މަސައްކަތް ކުރަމުން މި ތިބޭ ޒުވާނުން ވެސް އަނބުރާ ރަށަށް ގެންގޮސް ރަށުގެ އެކްސްޕީރިއަންސްގެ ތެރެއިން އާމްދަނީ ހޯދައިދޭން ފުރުސަތު ހުޅުވާލުމަކީ އަހަރެންގެ ބޭނުމަކީ," ފާލިލް ބުންޏެވެ.

ފުވައްމުލައް, އަމިއްލަ ބްރޭންޑެއްގެ ގޮތަށް އިސްތިހާރު ކުރަން ބޭރުގެ އެކި ފެއާތަކަށް ގޮސް ވެސް ފާލިލް މަސައްކަތް ކުރެ އެވެ. އަދިވެސް އޭނާ ބޭނުން ވަނީ އެ ބްރޭންޑް ފުޅާކުރާށެވެ. ރަށުގެ ޓޫރިޒަމް އިތުރަށް ބޫސްޓްކޮށް ފުޅާކުރުމެވެ. ހާއްސަކޮށް ފުވައްމުލަކުގައި ފިޝިން ޓޫރިޒަމް ވުޖޫދު ކުރުމަކީ ފާލިލްގެ މާބޮޑު ހުވަފެނެކެވެ. އެކަމުން ރަށުގައި ތިބި ވަރަށް ގިނަ ބަޔަކަށް އާމްދަނީ ލިބި, ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ މުޅި ފުވައްމުލައް ދުނިޔެއަށް ހުޅުވާލަން ލޯކަލް ޓޫރިޒަމަށް. އެކަހަލަ ޑެސްޓިނޭޝަނެއް ފުވައްމުލަކަކީ," ފާލިލް ބުންޏެވެ.

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

ފާލިލް: ވޯޓާސްޕޯޓްސްގެ މަސައްކަތް އެންމެ އާދައިގެ ގޮތުން ފަށައި މިހާރު ވަނީ އެކަމުގައި އެންމެ ކާމިޔާބު ކުންފުނި އުފައްދައި އެތައް ބަޔަކަށް ފުރުސަތު ފަހިކޮށްދީފައި

މި ހުރިހާ ހުވަފެންތަކާއި އުއްމީދުތަކާއި ބުރަ މަސައްކަތްތަކާ އެކު ވެސް ފާލިލް އިސްކަންދޭ ވަރަށް ހާއްސަ ކަމެއް އޮވެ އެވެ. އާއިލީ ގުޅުމާއި މީހުންނަށް އެހީތެރިވުމެވެ. ފާލިލްގެ އާއިލާ މީހުން އޭނާ ސިފަ ކުރަނީ އާއިލާއަށް ވަރަށް ހެޔޮ, އާއިލީ ގުޅުން ދަމަހައްޓާ މީހެއްގެ ގޮތުގަ އެވެ. ކޮންމެ ކަމެއްގައި އެހީއަކަށް އެދިލިޔަސް ފާލިލްގެ އަތް އެންމެ ފުރަތަމަ ދިއްކޮށްލަ އެވެ. އާއިލާގެ އެންމެންނަށް އުޅެވޭ ގޮތަށް ފުވައްމުލަކުގައި އާއިލީ ގެ, އެންމެ ޒަމާނީ ފެންވަރަށް ފާލިލް ހެދުމަކީ އޭގެ އެއް ހެއްކެވެ.

"ފެމެލީ މޭންއެއް ދެން އަހަރެންނަކީ," އޭނާ ބުނެލި އެވެ.

އަބަދުމެ ހިނިތުންވެފައި ހުންނަ ފާލިލްއަކީ ހަމައެކަނި އާއިލާ މީހެއް ނޫނެވެ. ރަށު ތެރޭގައި ވެސް ފާލިލް މަޝްހޫރުވެފައިވަނީ އެންމެންނާ ވަރަށް އެކުވެރި, ރަށްޓެހި މީހެއްގެ ގޮތުގަ އެވެ. ޒުވާނުން ގޮވައިގެން އުޅޭ, ޒުވާނުން ކުރިއަރުވާ މީހެއްގެ ގޮތުގަ އެވެ. ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް އެއަށްވުރެ މާބޮޑު އިސްކަމެއްދޭ މީހެއްގެ ގޮތުގަ އެވެ. ރަށުގައި އޭނާއާ ނުގުޅޭ މީހެއް ނެތުމަކީ އޭގެ ހެއްކެކެވެ.