13 ފެބުރުއަރީ 2017
ޗައިނާގެ ހޮސްޕިޓަލެއްގެ މުވައްޒަފެއްގެ އިހުމާލުން، އެ ތަނުން ފަރުވާ ހޯދި ފަސް މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން އެއްބަސް ވެއްޖެ އެވެ.
ޗައިނާގެ ހޮސްޕިޓަލެއްގެ މުވައްޒަފެއްގެ އިހުމާލުން، އެ ތަނުން ފަރުވާ ހޯދި ފަސް މީހަކަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން އެއްބަސް ވެއްޖެ އެވެ.
މިކަން ދިމާވީ ހޮސްޕިޓަލުގެ މުވައްޒަފަކު، އެޗްއައިވީ ޖެހިފައވާ މީހަކަށް ބޭނުންކޮށްފައިވާ އެއްޗެއް އެއްލާލުމުގެ ބަދަލުގައި އެހެން ބަލިމީހުންނަށް ވެސް ބޭނުން ކުރުމުންނެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ބުނި ގޮތުގައި އެޗްއައިވީ ހުރި މީހަކަށް ބޭނުންކުރި ޓިއުބެއް ޓެކްނީޝަނަކު އެހެން ބައެއް މީހުންނަށް ވަނީ ބޭނުންކޮށްފަ އެވެ.
ބީބީސީން ބުނީ މި މައްސަލަ ފަޅާއެރުމުން، ހެންގްޒޫގައި ހުންނަ ޒީޖިއަންގް ޕްރޮވިންޝަލް ހޮސްޕިޓަލް އޮފް ޗައިނީޒް މެޑިސިންގައި މަސައްކަތްކުރާ ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ޕްރޮވިންޝަލް ހެލްތު އޮފިޝަލުން ބުނަނީ އެމީހުންނަށް މިކަން އެނގުނީ މިދިޔަ މަހުގެ 26 ވަނަ ގައި ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި، ޓެކްނީޝަން މިގޮތަށް ފަރުވާ ދިނީ ކިތައް މީހުންނަށް ކަމެއް އަދި އިތުރު މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރެއް ނުބުނެ އެވެ. ބުނެފައިވަނީ އެޗްއައިވީ ޖެހުނު މީހުންނަށް ފަރުވާ އާއި ބަދަލު ލިބޭނެ ކަމަށެވެ.
އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު ޗައިނާގައި ކުއްލިއަކަށް އިތުރުވެގެން ދިޔައީ 1990ގެ އަހަރު ތަކުގައި އެ ގައުމުގެ ހެނާން ޕްރޮވިންސްގައި ހިނގި ކަންތައްތަކަކާ އެކުގަ އެވެ. އެ ފަހަރު ވިއްކަން ލޭ ނެގި ދަނޑުވެރިން ތަކަކަށް އެޗްއައިވީ ޖެހިފައިވެ އެވެ. އެއީ ލޭ ނަގައި، ލޭ އެޅުމުގައި އެއްވެސް ރައްކާތެރިކަމެއް ނެތުމުގެ ސަބަބުން ހިނގި ކަމެކެވެ. އެ ފަހަރު ދިން ލޭތައް އެއްކޮށް އޭގައި ހުރި ބޭނުންވާ ޕްލަސްމާގެ ބައި ވަކިކުރުމަށް ފަހު ބާކީ ހުރި ލޭތައް ދަނޑުވެރިންގެ ގަޔަށް އަލުން އެޅީ އެވެ. އެގޮތަށް ލޭ އެޅިއިރު އެކި މީހުންގެ ލޭ ހުރީ އެކުވެފަ އެވެ. މިގޮތަށް ލޭ އަޅަނީ މި މީހުންނަށް ލޭ ދެވޭ މުއްދަތު އަވަސް ކުރުމަށެވެ.
މި މައްސަލަ ވެސް އެ ގައުމުގެ އޮފިޝަލުން ފޮރުވައިގެން އެތައް އަހަރެއް ވަންދެން އުޅުނެވެ. އެހެންކަމުން އެފަހަރު އެޗްއައިވީ ޖެހުނީ ކިތައް މީހުންނަށް ކަމެއް އޮތީ ސާފު ނުވެފަ އެވެ. ނަމަވެސް 2001 ގައި ޗައިނާ އިން ބުނެފައިވަނީ ލޭ ވިއްކުމުގެ ވިޔަފާރީގެ ކަންކަމުގެ ތެރޭގައި އެ ގައުމުގެ 30،000 އާއި 50،000 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް އެޗްއައިވީ ޖެހުނު ކަމަށެވެ. ނަމަވެސް ބައެއް އޮފިޝަލުން ބުނަމުން ދިޔައީ މިއަދަދު މިއަށް ވުރެ މާ ގިނަ ވާނެ ކަމަށެވެ.
ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން ޗައިނާގައި 2014 ގެ ނިޔަލަށް އެޗްއައިވީ/އެއިޑްސް ޖެހިފައިވާ 501،000 މީހުން އެބަތިއްބެވެ. އަދި ބަލި ހުރެ އެކަން ނޭނގި ތިބި މީހުންގެ އަދަދު ލަފާކުރަން ވެސް ދައްޗެވެ.
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ
އެޗްއައިވީ ވެކްސިނުން އުންމީދީ ނަތީޖާއެއް
އެޗްއައިވީގެ 99 ޕަސެންޓް ނެތިކޮށްލާ އާ އެންޓިބޮޑީއެއް
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ
އެއިޑްސް ހުރިކަން ނޭނގި އެތަައް ދިވެހިންނެއް ތިބެދާނެ