01 ޑިސެމްބަރ 2016
ރާއްޖޭގައި އެއިޑްސް ޖެހިފައިވާ ނުވަ މީހަކު މިހާރު ތިބި އިރު އެ ބަލި ހުރިކަން ނޭނގި ދިރިއުޅޭ ދިވެހިން ވެސް ތިބެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އެއިޑްސް ޖެހިފައިވާ ނުވަ މީހަކު މިހާރު ތިބި އިރު އެ ބަލި ހުރިކަން ނޭނގި ދިރިއުޅޭ ދިވެހިން ވެސް ތިބެދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅޭ ގޮތުން އެޗްޕީއޭން ބުނީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އެޗްއައިވީ ނުވަތަ އެއިޑްސް ޖެހިފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށެވެ.
އެކަމަކު ކުއްލިއަކަށް ވެސް ރާއްޖޭގައި ވަރަށް ބޮޑަށް އެ ވައިރަސް ފެތުރިދާނެ ކަމުގެ އިންޒާރު މީގެ ކުރިން އެތައް ފަހަރަކު ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ ދީފަ އެވެ.
އެޗްޕީއޭން ބުނީ 1991 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 23 ދިވެއްސަކަށް އެއިޑްސް ޖެހުނު އިރު، އޭގެ ތެރޭން 12 މީހުން އެ ބަލީގައި މަރުވެފައިވާ ކަމަށެވެ. މި ވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ ނުވަ މީހެކެވެ. އެކަމަކު އެއިޑްސް ޖައްސާ ވައިރަސް ހަށިގަނޑުގައި ހުރިކަން ނޭނގި އެތައް ދިވެހިންނެއް އުޅެދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ އެޗްއައިވީ ފެނުނު ދިވެހިންގެ ހަށިގަނޑަށް ވައިރަސް އެރީ ރާއްޖެ އިން ބޭރުން ކަމަށެވެ. ނަމަވެސް ފަހުން ފެނުނު ބައެއް މީހުންގެ ހަށިގަނޑަށް އެ ވައިރަސް އަރާފައި ވަނީ ރާއްޖެ އިން ކަމަށް ވެސް ސިއްހަތާ ބެހޭ އެޖެންސީން ބުންޏެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ އެކި ގުޅުންތަކުގެ ސަބަބުން އެޗުއައިވީ ފެތުރިދާނެކަމުގެ ބިރު އޮތް ކަމަށް އެޗުޕީއޭ އިން ކުރިން ބުނެފައިވެ އެވެ.
ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ އެއިޑްސް (ޔޫއެންއޭއައިޑީއެސް) އިން މީގެ އަހަރުތަކެއް ކުރިން ލަފާކުރި ގޮތުގައި ރާއްޖޭގައި އެޗުއައިވީ ހުރި 100 އަށް ވުރެ ގިނަ މީހުން އުޅުން އެކަށީގެންވެ އެވެ. އަދި އެޗުއައިވީ ހުރިކން ގިނަ ބަޔަކަށް ނޭނގޭތީ އެ ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އެ ޖަމާއަތުން ލަފާކޮށްފައިވެ އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދިއިރު، 350 އަށް ވުރެ ގިނަ މީހުންގެ ގައިން އެޗުއައިވީ ފެނިފައިވާ ކަމަށެވެ. އެކަމަކު އެ އެންމެން ވެސް ވަނީ ރާއްޖެ އެތެރެވުމުގެ ކުރިން އަނބުރާ ފޮނުވާލައިފަ އެވެ.
އެޗުއައިވީ އާއި އެއިޑްސް ފެތުރިދާނެ ސަބަބާ ގުޅޭ ގޮތުން 2008 ގައި ރާއްޖޭގައި ހެދި ސާވޭއަކުން ދައްކާ ގޮތުގައި، ކުއްލިއަކަށް އެ ނުރައްކާ ފެތުރިދާނެ ސަބަބުތައް ގިނަ އެވެ.
އެގޮތުން ހަށިވިއްކުމާއި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމާއި އެއް ސިރިންޖަކުން ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ކައިވެނިން ބޭރުގައި ޖިންސީ ގުޅުން ހިންގުމާއި ޖިންސީ ގުޅުން ހިންގާއިރު ރައްކާތެރިކަން ބޭނުން ނުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ބިދޭސީން އަންނަނީ، އެއިޑްސްގެ ވަބާ ބޮޑު ގައުމުތަކުން ކަމުން، އެ މީހުންގެ ފަރާތުން ވެސް އެއިޑްސް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ސާވޭގައި ބުނެފައިވެ އެވެ.
އެ ސާވޭގައި ބުނިގޮތުގައި އެއްފަހަރާ ގިނަ ބައެއްގެ ތެރެއިން އެއިޑްސް ފެނިގެންދާނީ ބަލީގެ ނުރައްކާ ބޮޑު ކޮންމެވެސް އެއް ގްރޫޕެއްގެ ތެރެއިންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށްފައި ތިބޭ ޖަލުގެ ތެރެއިން، އެ ބަލީގެ އައުޓްބްރޭކް ފެށިފައި ހުރިކަން ސާވޭގައި ފާހަގަކޮށްފައިވެ އެވެ.
"މިސާލަކަށް، ހަށިވިއްކާ މީހެއްގެ ކައިރިން އެއިޑްސް ޖެހިފައި ހުރި ނަމަ، އެ މީހާގެ އަނބިމީހާއަށް ނުވަތަ ލޯބިވެރިޔާއަށް އެ ބަލި ވާސިލްވުމުގެ ފުރުސަތު އެބަ އޮތް. އެއިޑްސް ޖެހިފައި ހުރި މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ބޭނުންކޮށްފައިވާ ސިރިންޖުން އިތުރު އެތައް ބަޔަކަށް އެ ބަލި ޖެހިދާނެ. މިގޮތަށް ގޮސް، ކުއްލިއަކަށް ގިނަ ބައެއްގެ ތެރޭން މި ބަލި ފެންނާނީ،" އެއިޑްސްއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ސިއްހީ އޮފިޝަލަކު ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު، އެއިޑްސް ބަލި ޖެހިފައިވާ 36.7 މިލިއަން މީހުން ދުނިޔޭގައި އެބަ ތިއްބެވެ. އަދި އެ އަހަރު މި ބަލީގައި 1.1 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.
އެއިޑްސް:ދިރިއުޅުމުގެ ވައްޓަފާޅިން ދިފާއީ ނިޒާމު ބަލިވޭ
އެޗްއައިވީ ޖެހިފައި ތިބި ދިވެހިންގެ އަދަދަކީ 22
އެޗްއައިވީ ވެކްސިން ޓެސްޓްކުރަން ފަށަނީ
ފަސޭހައިން އެޗްއައިވީ ފެތުރޭ ގޮތްތައް އެބަހުރި: ނަސީމް
އެޗްއައިވީ އަށް ވެކްސިނެއްގެ އުންމީދު ބޮޑުވެފައި
އެޗްއައިވީ ސިއްރުކޮށް ދިވެއްސަކު ކައިވެނިތަކެއް ކޮށްފި
ރާއްޖޭގައި މައިންގެ ފަރާތުން އެޗްއައިވީއެއް ނުފެތުރޭ
އެޗްއައިވީ ހުރި މީހެއްގެ ކިޑްނީން ޓްރާންސްޕްލާންޓެއް ހަދައިފި
ރާއްޖޭގައި އެއިޑްސް ބަލި ދަނީ ގިނަވަަމުން: މިނިސްޓްރީ
އެޗްއައިވީ ވެކްސިނުން އުންމީދީ ނަތީޖާއެއް