Roadha Mihaaru

ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

17 ޖެނުއަރީ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

އާދީއްތަ ދުވަހު ރައީސް ޔޫއޭއީ އަށް ވަޑައިގަތީ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަ އޮފް އާމްޑް ފޯސަސް، މުހައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ހޯމަ ދުވަހު އޮތް "ޒާޔިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފުލާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް" އުފައްދަން މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ރައީސް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅަކީ އެ މަނިކުފާނު ރާއްޖޭން ބޭރަށް ކުރެއްވި ރަސްމީ ދެ ވަނަ ދަތުރުފުޅެވެ.