Roadha Mihaaru
އެތައް ބައެއްގެ ހިތްވަރަކަށް ވި ފަސް މީހުން

އެތައް ބައެއްގެ ހިތްވަރަކަށް ވި ފަސް މީހުން

01 ޖެނުއަރީ 2024

އަމިއްލައަށް ދިމާވާ ހިތްދަތިކަމަށް ފަހު އުފާވެރިކަމާ ހަމައަށް ކުރި ދަތުރު ކިޔައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ؛ އެހެން މީހުންނަށް ހިތްވަރަކަށް އެފަދަ ވާހަކަތައް ކިޔައިދޭން ހޯދަން ޖެހެނީ ވެސް އާދަޔާ ހިލާފު ހިތްވަރެކެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަމިއްލައަށް ދިމާވާ ހިތްދަތިކަމަށް ފަހު އުފާވެރިކަމާ ހަމައަށް ކުރި ދަތުރު ކިޔައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ؛ އެހެން މީހުންނަށް ހިތްވަރަކަށް އެފަދަ ވާހަކަތައް ކިޔައިދޭން ހޯދަން ޖެހެނީ ވެސް އާދަޔާ ހިލާފު ހިތްވަރެކެވެ.

މި އަހަރު، "މިހާރު"ގެ މީހުން ކެޓަގަރީގައި އެތައް ބައެއްގެ ވާހަކަ ގެނެސްދިން އިރު މިއީ އޭގެތެރެއިން ގިނަ ބައެއްގެ ލޯބި ހޯދި ފަސް މީހުންނެވެ. މި މީހުންގެ ވާހަކަތަކުން، އެތައް ބަޔަކު އުފުލަމުން ދިޔަ ކަންކަމަށް ލުޔެއް ލިބުނެވެ.

އުމްނިއްޔާ - މައިންބަފައިންނަށް އަޅާލުމުން ﷲ ދެއްވި ނިއުމަތް!

އުމްނިއްޔާ އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ --

އުމްނިއްޔާ އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ --

ރާއްޖޭގެ އެކި ރަށްރަށުގައި ނަމޫނާ ދައްކަމުން ދިޔަ މީހުންގެ މި އަހަރުގެ "މިހާރު" މީހުންގެ ސެގްމެންޓުން އެންމެ ގިނަ ބައެއްގެ ލޯބި ހޯދި އެކަކަކީ ހަމަ ޔަގީނުން ވެސް ފ. ނިލަންދޫ، އުމްނިއްޔާ އަހުމަދެވެ.

އުމުރު ދުވަހު އުމްނިއްޔާ މާލޭގައި ބިނާކުރި ދިރިއުޅުނު ރަށަށް ބަދަލުކުރީ މުސްކުޅި މައިންބަފައިންނަށްޓަކައެވެ. ބޮޑު މުސާރަ ލިބުނު ވަޒީފާ ދޫކޮށްލައި އޭނާ ރަށަށް 87 އަހަރުގެ މަންމަ އާއި 97 އަހަރުގެ ބައްޕަ މުސްކުޅިވެ، އޮތީ ބަލި އެނދުގަ އެވެ.

އެ ހާލަތުގައި މައިންބަފައިން އެކަނި ހާލަށް ދޫކޮށްލުމަކީ އުމްނިއްޔާއަށް ގަބޫލުކުރެވުނު ގޮތެއް ނޫނެވެ. ބޭރުން މީހަކު ގެނެސްގެން މަންމަ އާއި ބައްޕަ ބެލުމުގެ މާލީ ތަނަވަސްކަން ހުރި ނަމަވެސް، ތިން ކުދިންނާއި ފިރިމީހާއާ އެކު ހުޅުމާލޭގައި ބިނާކުރަމުން ދިޔަ ދިރިއުޅުން ރަށަށް ބަދަލުކުރީ އެގޮތް ނޭދޭތީ އެވެ.

Miee mainbafainnah alhaalumun Allah dhevvaa niumaiy

Miee mainbafainnah alhaalumun Allah dhevvaa niumaiy

The most trusted news source in the Maldives

Mihaaru

އުމްނިއްޔާގެ ވާހަކަ އަލުން ކިޔާލުމަށް --

އެތައް އަހަރެއް ވަންދެން ވަޒީފާ އަދާކުރި ދާއިރާ ދޫކޮށްލުމުން މި ރަށު މީހުން ވެސް ބުނީ އުމްނިއްޔާ އެ ކުރީ "މޮޔަ" ކަމެއް ކަމަށް ބުނި މީހުންނަށް އުމްނިއްޔާ ދިނީ އެންމެ ޖަވާބެކެވެ. އެއީ މައިންބަފައިންނަށް ޓަކައި އިހުލާސްތެރިކަމާއެކު ހެޔޮކަމެއް ކުރުމުގެ ނިޔަތުގައި ކަމެއް ގުރުބާން ކުރިޔަސް އެ ކަމުން ގެއްލުމެއް އެއްވެސް މީހަކަށް ނުލިބޭނެ ކަމެވެ.

މައިންބަފައިންގެ ކަންކަން ކުރުމަށް ފަހު ލިބޭ ހުސްވަގުތުގައި 25 އަހަރު ޓީޗަރެއްގެ ގޮތުގައި ހިދުމަތް ކުރި އުމްނިއްޔާ ނިންމީ، އަމިއްލަ ގޭގައި ޓިއުޝަން ކިޔަވައިދޭށެވެ. މިއަދު ކުދިންނަށް ޓިއުޝަން ނަގައިދީގެން މިހާރު އޭނާއަށް މަހަކު 40،000ރ. ލިބެ އެވެ.

އުމްނިއްޔާ، މި ވާހަކަތައް "މިހާރު" އަށް ކިޔައިދިނުމުގެ އެންމެ ބޮޑު ބޭނުމަކީ މައިންބަފައިންނާ ހެދި ދޫކޮށްލާ އެއްވެސް ކަމެއް އެއީ ގެއްލުމެއް ނެތް ކަން ބުނެދިނުމަށެވެ. އޭނާ އެ މިސާލު ނެގީ އޭނާގެ ހަޔާތުންނެވެ. އަމިއްލަ ތަޖުރިބާއިންނެވެ.

އަރޫޝާ އާއި އަޝްހަދު - ނާއުއްމީދު ބަލިކޮށްލި މި ދެމަފިރިންގެ ލޯބި!

އަރޫޝާ އަދި އަޝްހަދު: ދަރިން ނުލިބުމުގެ ހިތާމައިގައި މަޔޫސްވެފައި ތިބި އެތައް ބަޔަކަށް މި ދެމަފިރިންގެ ވާހަކަވީ ވަރަށް ބޮޑު އުއްމީދަކަށް.

އަރޫޝާ އަދި އަޝްހަދު: ދަރިން ނުލިބުމުގެ ހިތާމައިގައި މަޔޫސްވެފައި ތިބި އެތައް ބަޔަކަށް މި ދެމަފިރިންގެ ވާހަކަވީ ވަރަށް ބޮޑު އުއްމީދަކަށް.

ދަރިން ނުލިބުުމުގެ ހިތްދަތިކަން އެތައް ބައެއްގެ ދިރިއުޅުން ވަނީ ވަށާލައިފަ އެވެ. އައިމިނަތު އަރޫޝާ 35 އާއި އަހްމަދު އަޝްހަދުގެ 37ގެ ތަހައްމަލްކުރި ކަންކަން ކިޔައިދިނީ އެތައް ބަޔަކަށް ހިތްވަރު ދިނުމަށެވެ.

ދަރިއަކަށްޓަކައި އެ ދެމަފިރިން ކުރި އުންމީދާއި ރުއިމާއި ވޭން, މާޔޫސްކަމާއި އެކަނިވެރިކަން މި ދެމަފިރިން ހިއްސާކުރީ "މިހާރު"ގެ މެދުސަފްހާ އަށެވެ.

ދަރިއެއްގެ ލޯތްބަށް އެދި ކޮންމެ މަހަކު ކުރަމުން އައި ޓެސްޓުތަކުގެ ނަތީޖާތަކުން ހިތްފަޅައިގެން ގޮސްފައި ތިބި ދެމަފިރިންނަށް ޓެސްޓުތަކުން އެނގުނީ ދަރިމައިވުމުގައި މައްސަލަތަކެއް, އޯވަރީގައި ސިސްޓް ހުރި ކަމެވެ. ފަރުވާ އިން ނޫން ގޮތަކަށް ދަރިއަކު ނުލިބޭނެކަން ޔަގީންވީ އެވެ.

Naaummeedhu balikolli mi dhemafirin ge loabi!

Naaummeedhu balikolli mi dhemafirin ge loabi!

The most trusted news source in the Maldives

Mihaaru

ވޭނާއި ހިތާމަތަކުން ދެމަފިރިން ހިތްވަރު ހޯދި ގޮތުގެ ވާހަކަ އިތުރަށް ކިޔާލުމަށް --

ނަމަވެސް އުންމީދު ކަނޑާނުލައި ދަރިއެއް ލިބޭނެ ކަމަށް މީހުން ދެއްކި ކޮންމެ ބޭހެއް ތަޖުރިބާ ކުރި އެވެ. އެކި މީހުންގެ ގާތުން އަހައިގެން މާލެ އިން އެތައް ޑޮކްޓަރުންނަށް ދެއްކުނެވެ. ބޭރުގެ އެކި ތަންތަނަށް ދަތުރުކޮށްގެން ފަރުވާ ހޯދި އެވެ. ޑްރިލިން ނުވަތަ އޯވަރީގެ ހިލަތައް ތިން ފަހަރު އެންދި އެވެ. ޑޮކްޓަރުން ދެން އެންގީ ގެއްލުން ބޮޑުކަމުން އިތުރަށް އެކަން ކުރެވޭކަށް ނެތް ކަމަށެވެ.

ކިރިޔާ ވެސް ހިތްހަމަޖެހުމެއް ލިބުނީ އެހެން އުޅެނިކޮށް ދިމާވި ބައެއްގެ އެދުމުގެ މަތިން އިންޑިއާގެ މެޑްރާސްގައި ހުންނަ ހޮސްޕިޓަލަކަށް ވަދެވުމުންނެވެ. އެކަމަކު އެއީ ފަސޭހަ ދަތުރަކަށް ނުވި އެވެ. އައިވީއެފްގެ އެހީގައި ލިބެން އުޅުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ބައިގެން ދިޔަ އެވެ.

ވޭނާއި ހިތާމައިގައި ކުރި ދަތުރަށް ފަހު މިއަދު މިދެމަފިރިންގެ ދިރިއުޅުން ދެ ކުދިންނާ އެކު އުފާވެރި އެވެ.

ނާދިޔާ - ކެންސަރުން އަރައިގަނެ ދެއްކި ހިތްވަރު!

ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ނާދިޔާ ފޮޓޯއަކަށް ހުއްޓިލައިގެން--

ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ނާދިޔާ ފޮޓޯއަކަށް ހުއްޓިލައިގެން--

އިސްކަންދަރު ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތިމަތު ނާދިޔާ ހުސެއިން، 62 ކެންސަރާ ކުރި ހަނގުރާމައިގެ ވާހަކަ "މިހާރު" ގެނެސްދިނީ މި އަހަރުގެ ކެންސަރު ދުވަހާ ދިމާކޮށެވެ. ދެ ވަނަ ސްޓޭޖުގައި ކެންސަރު ޖެހިފައި ހުރިކަން ކުއްލި ގޮތަށް އެނގުމުން ލިބުނު ބައްޔާއެކު އާ ހިތްވަރެއް ހޯދައި ކުރިއަށް ވުރެ ހިތްވަރުގަދަ މީހަކަށް ވީ ގޮތުގެ ވާހަކަ ނާދިޔާ ހިއްސާކުރެއްވި އެވެ.

އުރަމަތީގައި ނެގި ލަމްޕެއް ނަގައި ޓެސްޓުކުރުމުން އެއީ ކެންސަރު ކަން އެނގުމުން ނާދިޔާ ވަރަށް ބިރުގަތެވެ. ނަމަވެސް، އަމިއްލަ ނަފްސާ މެދު ސުވާލުކުރުމުގެ ބަދަލުގައި، ނާދިޔާ ކެންސަރު ބަލައިގަތީ ވެސް އާއްމު އެހެން ބައްޔެކޭ އެއްގޮތަށެވެ.

Cancer in Nadhiya hoadhee aadhayaa hilaafu hivvareh

Cancer in Nadhiya hoadhee aadhayaa hilaafu hivvareh

The most trusted news source in the Maldives

Mihaaru

ކެންސަރު ބަލިކޮށްލި ނާދިޔާގެ ވާހަކަ އިތުރަށް ކިޔާލުމަށް --

ކެންސަރަށް ފަރުވާ ހޯއްދެވުމަށް ހަ މަސް ދުވަސް ވަންދެން ކީމޯ އަދި ރޭޑިއޭޝަން ފަރުވާ ނެގި އެވެ. އެއަށްފަހު، ފަސް އަހަރުވަންދެން މެދުކެނޑުމެއްނެތި ގަވައިދުން ބޭސް ކާން ޖެހުނެވެ. ކޮންމެ އަހަރަކު ސްކޭން ހަދަންޖެހެ އެވެ. ކެންސަރު އަލުން އަތުވެދާނެ ކަމުގެ ނުތަނަވަސްކަން އިނދެ އެވެ.

ކީމޯގެ ކޮންމެ ސައިކަލަކުން ވެސް އާ ކަމަކަށް ފަރުވާ ކުރަންޖެހުނު ކަމަށް ނާދިޔާ ބުންޏެވެ. އެއް ފަހަރު، ގައިގައި ފާރުތަކެއް ނެގި އެވެ. އަނެއް ފަހަރު ކަރު ހިކިގެން ހިންދިރުވަން އުނދަގޫވި އެވެ. އެ ސައިޑް އިފެކްޓްސްގެ އުނދަގޫ އަދި ވެސް އެބަހުރި ކަމަށް ނާދިޔާ ބުންޏެވެ.

މީގެ 15 ވަރަކަށް އަހަރުކުރިން ކުރިމަތިވި އިމްތިހާނު މިއަދުވެސް އޭނާގެ ސިކުނޑީގައި ތާޒާކޮށް ހުރި، އެ ހިތްދަތިކަމުގެ މަންޒަރުތައް ނާދިޔާ ހިއްސާކުރެއްވީ އެހެން މީހުންގެ ހިތްވަރަކަށެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު - ފުރަތަމަ ދިވެހި ޕައިލެޓް!

ކެޕްޓަން އިބްރާހިމް ރަޝީދު އޭނާގެ ފަހު ފްލައިޓްގައި ދަތުރު ކުރައްވަނީ: އޭނާއަކީ ރާއްޖޭގެ ފުރަތަމަ ޕައިލެޓް --- ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް

ކެޕްޓަން އިބްރާހިމް ރަޝީދު އޭނާގެ ފަހު ފްލައިޓްގައި ދަތުރު ކުރައްވަނީ: އޭނާއަކީ ރާއްޖޭގެ ފުރަތަމަ ޕައިލެޓް --- ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް

މި އަހަރު އެންމެ ފާހަގަކޮށްލެވުނު އެއް ނަމަކަށް ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް ކެޕްޓަން އިބްރާހިމް ރަޝީދުގެ ނަން ވާނެ އެވެ. އުދުހުމުގައި 40 އަހަރު ހޭދަކުރެއްވުމަށް ފަހު އުމުރުން 65 އަހަރުގައި ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމާ އެކު ރަޝީދު ރިޓަޔާ ކުރެއްވީ މި އަހަރުގެ މެއި މަހު އެވެ.

"މިހާރު" އަށް އޭނާ ދެއްވި އިންޓަވިއުގައި ވަނީ މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުން ގެންދެވިއިރު ޕައިލެޓްކަން ކިޔަވައިވިދާޅުވާން ޖެހުނު ލޯބީގެ ބޮޑުކަން ބަޔާންކޮށް ގައުމުގެ ވެރިޔާއަށް ސިޓީ ފޮނުއްވި ވާހަކައާއި އެ ފުރުސަތު ލިބިވަޑައިގެންނެވި ގޮތުގެ ވާހަކަތައް ހިއްސާކުރައްވައިފަ އެވެ.

Dhivehi furathama pilot ge engine akee hivvaraai ahulaagu

Dhivehi furathama pilot ge engine akee hivvaraai ahulaagu

The most trusted news source in the Maldives

Mihaaru

ދިވެހި ފުރަތަމަ ޕައިލެޓުގެ ހިދުމަތްތަކުގެ ވާހަކަ ކިޔާލުމަށް --

ރަޝީދު ވަނީ ސަރުކާރުގެ ސްކޮލަޝިޕެއްގައި ކިޔަވާ ވިދާޅުވުމަށް ފަހު އޮގަސްޓް 1983 ގައި ރަޝީދު މާލެ ވަޑައިގަނެ، ރާއްޖޭގައި ޕައިލެޓް ލައިސަންސް ދިން ފުރަތަމަ ބޭފުޅެއްގެ ޝަރަފު ލިބިވަޑައިގެން، ކުރެއްވި ހިދުމަތްތައް ހިއްސާކުރައްވައިފަ އެވެ. ރަޝީދަކީ ރާއްޖޭގެ ގަވާއިދުތަކުގެ ތެރެއިން އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ވެސް ލައިސަންސް ލިބިވަޑައިގެންނެވި ފުރަތަމަ ދިވެހި ޕައިލެޓަށް ވާތީ އެވެ. އޭވިއޭޝަން ސިނާއަތުގައި ރަޝީދު ހޭދަކުރެއްވި 40 އަހަރުގެ އަގު އެތައް ބަޔަކު ވަޒަން ކުރި އެވެ.

ރަޝީދު ރިޓަޔާ ކުރެއްވި ދުވަހު މުޅި އެ ސިނާއަތު އޭނާ އަށް އެ ދުވަހު ސެލިއުޓް ކުރި އެވެ. ރަޝީދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި، ކުރީގެ އެއާ މޯލްޑިވްސް ނުވަތަ ފަހުގެ ނަމުން ނަމަ އައިލެންޑް އޭވިއޭޝަނާއި އޭގެ ފަހުން މިދިޔަ 10 ވަރަކަށް އަހަރު އޭނާ ޕައިލެޓްކަމުގެ ވަޒީފާ އަދާކުރެއްވި ވިލާ އެއާގެ ފްލައިމީން ވެސް ހިދުމަތް ބަލައިގަތެވެ.

އަޒީމާއާއި އަހުމަދުގެ ދުރުނުކުރެވުނު ލޯބި!

އަޒީމާއާއި އަހުމަދު އެކުގައި މަހަށް ނުކުމެ --

އަޒީމާއާއި އަހުމަދު އެކުގައި މަހަށް ނުކުމެ --

މި ދެމަފިރިން އެކުގައި ނޫނީ އެއްވެސް ކަމެއް ނުކުރެ އެވެ. އަހުމަދު ރުކަށް އަރާއިރު، އަޒީމާ ހުންނާނީ ރުއް ބުޑުގަ އެވެ. މަހަށް ދާއިރު، ޑިންގީ ދުއްވަން އަހުމަދު އިންނަ އިރު، ވާ މޮހަން އިންނާނީ އަޒީމާ އެވެ. މީހެއްގެ ގައިގައި އަޒީމާ ތެޔޮ ދަމައިދޭ ނަމަ، އޭނާ އަށް އެހީތެރިވާން އަހުމަދު އިންނާނެ އެވެ. ހޮޓަލަކަށް ސައިބޯން އަހުމަދު ހިނގައްޖެ ނަމަ، މޭޒުގެ އަނެއް ފަޅީގައި އަޒީމާ އިންނާނެ އެވެ. އަޒީމާ ރާނަން އުޅޭއިރު، އަތްގާތްކޮށްދޭން ހުންނާނީ ވެސް އަހުމަދެވެ. މި ދެމަފިރިންގެ ތެރެއިން އެކަކު ވެސް، އަނެކަކު ނެތް މަންޒަރަކުން ނުފެންނާނެ އެވެ.

ފ. ނިލަންދޫ މި ދެމަފިރިންގެ ވާހަކަ "މިހާރު"ގައި ގެނެސްދިނީ ރޯދަ މަހު ގެނެސްދޭ މީހުން ސެގްމެންޓުގަ އެވެ. ދެމަފިރިން އެކަކު އަނެކަކު ދެކެ ވާ ލޯތްބާއި އެކުގައި ކުރާ މަސައްކަތްތާއި މީހުން ކުރި ފުރައްސާރަތަކަށް ނުބަލައި ކުރިއަށް ދިޔަ ގޮތް ދެމަފިރިން ހިއްސާކުރި އެވެ.

އެ ދެމަފިރިންނަށް ލިބިފައިވާ އެންމެ ބޮޑު އުފަލަކީ އެ ދެމަފިރިންގެ ހުރިހާ ދަރިން ވެސް ރަނގަޅަށް ތަރުބިއްޔަތު ކުރެވިފައި ވުމެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިންނަކީ ވެސް ބައްޕަ އާއި މަންމަހެން ހީނުކުރާ ކަހަލަ ކަންތައްތަކުގެ ތެރޭގައި އާމްދަނީގެ ބިންގާ އަޅައިފައިވާ ދަރިންނެވެ. އެއް އަންހެން ކުއްޖަކީ ޕްރޮފެޝަނަލް ލޯންޗް ޑްރައިވަރެކެވެ. އަނެއް އަންހެންކުއްޖަކީ ފަޔާ ފައިޓަރެކެވެ.

މި ދެމަފިިރިންގެ ގުޅުން ފާހަގަކޮށް، މި ރަށު ކައުންސިލުން ވަނީ، އެންމެ އެއްކޮށް އުޅޭ ދެމަފިރިންނަށް ދޭ ފުރަތަމަ އެވޯޑު ވެސް މި ދެ މީހުންނަށް ދޭން ނިންމައިފަ އެވެ. މިއީ ހަގީގަތުގައި ވެސް ނަމޫނާ ދެމަފިރިންނެވެ.