Roadha Mihaaru
ސަމީއުބެ މަސްކެއްކުމުގައި ބައިގަރުނު

ސަމީއުބެ މަސްކެއްކުމުގައި ބައިގަރުނު

12 އޮކްޓޯބަރ 2022

ނިޝާން އަލީ ނިޝާން އަލީ
މާލެ އަށް އުފަން ސަމީއުބެ، އާމްދަނީ ހޯދަން އެ މަސައްކަތުގެ ތެރެއަށް ވަނީ ގާތް ދެ ރައްޓެއްސެއްގެ އެދުމުގެ މަތިންނެވެ. މަސް ހިއްކައި ކެއްކުމުގެ މަސައްކަތުގައި މިހާތަނަށް ދެމި ހުރެވުނު އެންމެ ބޮޑު ސަބަބަކީ އޭނާ ބުނާގޮތުން ރަނގަޅު އާމްދަނީއެއް ލިބޭތީ އެވެ. ސަމީއުބެ ބުނީ 19 ދަރިން ބަލައި، އާއިލާގެ ހުރިހާ ކަންތައްތަކެއް ހަމަޖެއްސީ އެ މަސައްކަތުން ލިބުން އާމްދަނީން ކަމަށެވެ. މިހާރު ވެސް ގޭގެ ހަރަދުތައް ބަލަހައްޓަނީ އެ މަސައްކަތުން ލިބޭ އެއްޗަކުންނެވެ.

މަސް ކަނޑައި މަސް ކެއްކުމުގެ މަސައްކަތުގައި އަމަލީ ގޮތުން އުޅެވޭ ވަރަށް ވުރެ ސަމީއުބެގެ އުމުރު މިހާރު މާ ދޮށްޓެވެ އެހެންވެ، މިހާރު އަމަލީ ގޮތުން އެ ކަމުގައި ހަރަކާތްތެރިވަނީ ސަމީއުބެގެ ބެލުމުގެ ދަށުން މުސާރަ ދީގެން ގެންގުޅޭ ތިން މީހެކެވެ.

ސަމީއުބެގެ ގެ، ގ. އީރީ ގައި މިހާރު ވެސް ކޮންމެ ދުވަހަކު މަސް ކެއްކުމުގެ މަސައްކަތް ކުރެ އެވެ. އެކަމަކު، އޭނާގެ ފަރާތުން ފޫހިކަމެއް ނުފެނެ އެވެ. އެ މަސައްކަތް ކުރާ ގޮތް އޭނާ ވަރަށް ގާތުން ބަލަ އެވެ. ސަމީއުބެގެ މިހާރުގެ މަސައްކަތަކީ އޭނާ ގެންގުޅޭ ތިން މީހުން މަސް ކެއްކުމުގެ މަސައްކަތް ކުރާ ގޮތް ބަލައި، ރަނގަޅު ކުރަން ޖެހޭ ކަންކަން ބުނެ ދިނުމެވެ.

މަސައް ކެއްކުމުގެ މަސައްކަތް މިހާ ދުވަސްވީއިރު ވެސް ކުރަނީ ސަމީއުބެގެ ގޭގަ އެވެ. އެއީ މާލޭގައި މިހާރު އެ މަސައްކަތްކުރާ ހަމައެކަނި ގެ އެވެ. އިހުގައި ދަރު އުނދުނުން ކެއްކި ނަމަވެސް މިހާރު އެކަން ކުރަނީ ތެޔޮ އުނދުނުގަ އެވެ. އެކަމަކު، އޮތް އެންމެ ބޮޑު ދައްޗަކީ ތެޔޮ ހޯދުމުގެ އުނދަގުލެވެ.

ސަމީއުބެގެ މިހާރުގެ ކަމަކީ މަސް ވިއްކުމެވެ. އޭނާގެ ތަޖުރިބާއަކީ ކުރިން ލިބުނު ބޮޑު އާމްދަނީ މިހާރު މާ ބޮޑަށް ވެސް ދަށްވެފައިވާ ކަމެވެ. ގިނަ ދުވަސްދުވަހު މަސް ވިއްކަން ޖެހެނީ ނުއަގުގަ އެވެ. ކުރިން ނަމަ އެންމެ ދަށްވެގެން ވެސް މަހަކު 30،000ރ. ގެ އާމްދަނީއެއް ހޯދިއެއް ކަމަކު މިހާރު މާ ބޮޑަށް ވެސް އާމްދަނީ ދަށެވެ. ސަމީއުބެ ގެންގުޅޭ މުވައްޒަފުންނަށް ބައެއް މަސްމަހު މުސާރަ ދޭން ޖެހެނީ އަމިއްލަ އަތުންނެވެ.

މަސް ހިއްކުމުގެ މަސައްކަތް ސަމީއުބެ ކުރަނީ އެންމެ ކުރިއްސުރެ ފެށިގެން ވެސް އޭނާ ބޭނުންކުރަމުން އައި ބަދިގޭގަގަ އެވެ. އޭނާ ބުނާގޮތުން އެ ބަދިގެ އިން މާ ބޮޑު ބަދަލެއް ނުފެންނާނެ އެވެ.

ސަމީއުބެ ހުރީ، ހެލިފެލިވެ އުޅެވޭހާ ދުވަހަކު މަސް ވިއްކުމުގެ މަސައްކަތުގައި ދެމިހުންނާށެވެ. ބަޔަކަށް މުސާރަ ދީގެން، މަސް ކެއްކުމުގެ މަސައްކަތް ކުރުވިޔަސް ގާތުން އެ ކަން ބަލައި އެ ވިޔަފާރީގެ މޭސްތިރިއަކީ އަދިވެސް އޭނާ އެވެ. އެއީ ކޮންމެ ދުވަހެއްގައި އޭނާގެ މަސައްކަތެވެ. ވަޅޯމަސް މާރުކޭޓުން ސަމީއުބެ ކޮންމެ ދުވަހަކު ފެންނަނީ އެހެންވެ އެވެ.