އާ އަހަރު ފެށުން ފާހަގަކުރަން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ސަރުކާރުން ނިންމި ކުޑަކުދިންގެ ފެސްޓިވަލް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ކެންސަލްކޮށްފި އެވެ،
31 ޑިސެމްބަރ 2023
އާ އަހަރު ފެށުން ފާހަގަކުރަން މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ސަރުކާރުން ނިންމި ކުޑަކުދިންގެ ފެސްޓިވަލް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ކެންސަލްކޮށްފި އެވެ،
އެކަން އިންތިޒާމުކުރި ޔޫތު މިނިސްޓްރީން ބުނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވަން އުޅުނު "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ހަރަކާތްތައް މޫސުމާ ގޯސްވުމުން ކެންސަލް ކޮށްފައިވާ ކަމަށެވެ.
އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ބާއްވަން އުޅުނު ހަރަކާތްތައް ވެސް ވަނީ މޫސުން ގޯސްވުމުން ފަސްކޮށްފަ އެވެ. އެއީ މިއުޒިކް ޝޯ އާއި ލޭޒާ ޝޯ އަދި ހަވާއެރުވުމުގެ ހަރަކާތްތަކެވެ. އެ ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖެ އަށް އިރުވައި މޫސުން ފެށުމާ ގުޅިގެން މިހާރު ކުރަން ފަށާފައިވާ ވިއްސާރައާ ގުޅިގެން މިއަދުގެ މެންދުރު 1:30 އާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ މުޅި ރާއްޖެ އަށް ވައިޓް އެލާޓެއް ނެރެފަ އެވެ. މާލެ އާއި ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ގެތަކަށް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް ވެ އެވެ. މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެ އަށް ވަދެފައި ވެ އެވެ.
ކޮޅިގަނޑު ގަދަވެ، ކުރިއަށް އޮތީ ވިއްސާރަ 24ގަޑިއިރު
މި ވިއްސާރައިގެ އަސަރު ހަފުތާއެއްހާ ދުވަހަށް ކުރާނެ
ހޯމަ ދުވަހުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރާނެ
ވިއްސާރަ އަލިވިޔަސް ހަފުތާ ބަންދުގައި ކަނޑުގަދަވާނެ
ހޯމަދުވަހާ ހަމައަށް ވިއްސާރަ އަލިވާނެ ކަމަށް ނުބެލެވޭ
ކަނޑުތައް ގަދަވާނެ، ސަމާލުވާން އިލްތިމާސްކޮށްފި
މި ފެށުނީ ވަރަށް ވިއްސާރަ ހަފުތާއެއް
ކޭތަ ހިފާ ވަގުތު މާލެއަށް އުޑުމަތި ސާފު
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބުރާސްފަތި ދުވަހާ ހަމައަށް އެކި ހިސާބަށް މޫސުން ގޯސް!