މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު ހަވީރު ނިއު ރޭޑިއަންޓް ކުޅެން އޮތް މެޗު ކެންސަލް ވެއްޖެ އެވެ.
31 ޑިސެމްބަރ 2023
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު ހަވީރު ނިއު ރޭޑިއަންޓް ކުޅެން އޮތް މެޗު ކެންސަލް ވެއްޖެ އެވެ.
އަންނަ އަހަރުގެ ޕްރިމިއާ ލީގުން ފުރުސަތު ހޯދުމުގެ އުންމީދުގައި، ނިއު ރޭޑިއަންޓް މިއަހަރުގެ ދެވަނަ ޑިވިޝަންގައި ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4 ޖަހާއިރު ބައްދަލުކުރަން އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެެވެ.
މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގައި ވިއްސާރައިގެ ސަބަބުން ނިއު ކުޅެން އޮތް މެޗެއް ފަސްކުރަން ޖެހުނެވެ. މިދިޔަ އަހަރު ނިއު ބަލިވީ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެންނެވެ.
މިއީ މިދިޔަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި ދަ ގްރާންޑޭ ވެސް މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެވެ.
ދަ ގްރާންޑޭ ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދައިގެން 2019/2020 ސީޒަންގައި ފުރަތަމަ ފަހަރަށް ޕްރިމިއާލީގުގައި ކުޅެފަ އެވެ. ލީގުގައި ތިން ސީޒަން ކުޅުމަށް ފަހު އެޓީމު ރެލިގޭޓްވީ ޕްލޭއޮފް ކުޅެ ކާމިޔާބު ނުވުމުންނެވެ.
ނިއު އާއި ދަ ގްރާންޑޭގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބް އަދި މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ޓީނޭޖް ހިމެނެނީ ގުރޫޕް ބީގަ އެވެ. މި ގުރޫޕްގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ކްލަބް ވަނީ 1-0 އިން ބީޖީގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ވިއްސާރައިގައި މާލޭގެ އެކި ތަންތަނަށް އެކި ވަރުގެ ގެއްލުން ވެފައި ވާއިރު، މެޓް އޮފީހުން ވަނީ ކ. އަތޮޅުން އދ. އަތޮޅުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފަ އެވެ.
އަހަރެއް ފަހުން ނިއު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
ނިއު އަށް އަދިވެސް ކުޅެވޭ ގޮތެއް ނުވޭ
ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ގްރާންޑޭއަކުން ނުފެނުނު
ނިއުގެ ކެންސަލްވި މެޗު މި މަހުގެ 19 ގައި
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި
ނިއު/ސިފައިން ކަޓައި، ހުރާ އާއި ގްރާންޑޭ ސެމީ އަށް
ނިއު އެނބުރި އަންނާނެ: ސޮބާ