Roadha Mihaaru
ފެން ހިންދުމުގެ މަސައްކަތަށް އެލިއާގެ އެހީ

ފެން ހިންދުމުގެ މަސައްކަތަށް އެހީވާން އެލިއާ އިން ފެން ޕަމްޕެއް ހަދިޔާކޮށްފި

31 ޑިސެމްބަރ 2023

ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެލިއާއިން ފެން ޕަންޕެއް ހަދިޔާ ކޮށްފި އެވެ.

އެމްއެންޑީއެފަށް އެލިއާއިން ހަދިޔާ ކުރި ޕަންޕަކީ އެ ކުންފުނިން ރާއްޖެއަށް މިއަހަރު އަލަށް ތައާރަފް ކުރި ދުނިޔޭގެ މަޝްހޫރު ޓޯޓަލް ޓޫލްސް ބްރޭންޑުގެ ޑީސެލް ޕަންޕެކެވެ.

އެ ފެން ޕަމްޕު މިއަދު ވަނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއާ ހަވާލުކޮށްފަ އެވެ.

މާލޭގައި ފަހުގެ ތާރީހެއްގައި ފެން ބޮޑު ނުވާ ވަރަށް ފެން ބޮޑުވެފައިވާ އިރު، ބައެއް ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.

ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ އެލިއާއިން ވަނީ މީގެ ކުރިން ވެސް މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ޕަމްޕުތަކެއް ހަދިޔާކޮށްފަ އެވެ.