ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުގެ ދައުވަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީއަށް ފުރާވަޑައިގެންފި އެވެ.
05 ޖެނުއަރީ 2024
ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުގެ ދައުވަތަކަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީއަށް ފުރާވަޑައިގެންފި އެވެ.
މިނިސްޓްރީން ބުނީ މި ދަތުރަކީ ސައުދީގެ ހައްޖާ ގުޅޭ މިނިސްޓަރު ތައުފީގް ބިން ފައުޒާގެ ދައުވަތަކަށް ހައްޖު އެންޑް އުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ދަތުރަށް ފުރާ ވަޑައިގަތުމުގެ ކުރިން ޝަހީމް މީޑިއާއަށް ވިދާޅުވީ، ހައްޖާ ގުޅޭ އެއްބަސްވުމެއްގައި އެ ގައުމުގެ ހައްޖު މިނިސްޓްރީއާ އެކު ސޮއިކުރާނެ ކަމަށާއި ދިވެހި ހައްޖުވެރިންނާއި އުމްރާވެރިންނަށް ލިބޭ ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް މަސައްކަތް ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މިހާރު އާއްމުކޮށް ރާއްޖެ އަށް ކޮންމެ އަހަރަކު ލިބޭ 1،000 ހައްޖު ކޯޓާގެ އިތުރަށް 1،000 ކޯޓާ ހަމަޖެއްސުމާއި ހައްޖާއި އުމްރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހައްޖު ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ އެކި ޖަމާއަތްތަކާއި އިސްލާމީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގައި އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރައްވާނެ އެވެ.
ހައްޖުވެރިން މިރޭ އަރަފާތަށް ފުރާނެ، ހާލު ރަނގަޅު
މައްކާ ރޫޓުން ދެ ގައުމުގެ ގުޅުން ދައްކުވައިދޭ: ރައީސް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
މައްކާ ރޫޓް އިނިޝިއޭޓިވްގެ ޗެއާމަން ރާއްޖެ ވަޑައިގެންފި
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް
މައްކާ ރޫޓް އިނީޝިއޭޓިވްގެ އިސް ވަފުދެއް ރާއްޖޭގައި
ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ 26 ގައި
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
ހައްޖަށް މިއަދު ފުރީ އިތުރުވި 150 ކޯޓާގެ މީހުން
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް