Roadha Mihaaru
ހައްޖަށް މިއަދު ފުރީ އިތުރުވި 150 ކޯޓާގެ މީހުން

މިއަދު ހައްޖަށް ފުރީ އިތުރަށް ލިބުނު 150 ކޯޓާގެ މީހުން: މިނިސްޓަރު

10 ޖޫން 2024

މިއަދު ރާއްޖެއަށް ހައްޖަށް ފުރި އެންމެ ފަހު ގްރޫޕަކީ ރާއްޖެއަށް އިތުރަށް ލިބުނު ހައްޖު ކޯޓާގައި ފުރި މީހުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެއަށް ހައްޖަށް ފުރި އެންމެ ފަހު ގްރޫޕަކީ ރާއްޖެއަށް އިތުރަށް ލިބުނު ހައްޖު ކޯޓާގައި ފުރި މީހުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވަނީ މިއަހަރު ރާއްޖެއަށް ލިބިފައި ވަނީ 1،000 ކޯޓާ ކަމަށެވެ.

ހައްޖަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބުނު ރަސްމީ ކޯޓާގެ ތެރެއިން ފުރާ 1،000 ހައްޖުވެރިން ކުރިން ހައްޖަށް ފުރާފައިވާ ކަމަށެވެ. އަދި މިއަދު ހައްޖަށް ފުރަނީ ހައްޖު ކޯޓާއަށް އިތުރުވި 150 ޖާގައިގެ މީހުން ކަމަށް ވިދާޅުވި އެވެ.

"މިއަދު މި ފުރަނީ ފަހުން އިތުރުވި ޖާގަ ތަކުގެ ތެރެއިން 150 މީހުން. މި 150 މީހުންގެ އިތުރުން ވެސް ބައެއް ހާޖީންތަކެއް ފުރާނެ. އެއީ އަލުގަނޑުމެންގެ ހަވާލުގައި ނުވަތަ ބެލުމުގެ ދަށުން ފުރާ ހާޖީންތަކެއް ނޫން. އެއީ މެހެމާނުން ތަކެއްގެ ގޮތުގައި ފުރާ ބައެއް. ވަކި އިންތިޒާމު ތަކެއްގެ ތެރެއިން. އެއީ އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް ގުޅުން އޮންނަ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި، ފުރީ 298 މީހުންނެވެ. އެ މީހުން ފުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ދެވަނަ ގްރޫޕް ފުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ ޖުމްލަ 353 މީހުންނެވެ. ތިންވަނަ ގްރޫޕުން ދިޔަ 339 މީހުން ފުރީ މިދިޔަ ހުކުރު ދުވަހު އެވެ.