07 ޖެނުއަރީ 2024
އިންޑިއާގައި އުފައްދާ ބޭސް ބޭނުންކޮށްގެން އެކި ގައުމުތަކުގައި މަރުތައް އިތުރުވަމުން ދާތީ، ބޭސް ކުންފުނިތަކުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑު ހަރުކަށިކޮށްފި އެވެ.
އިންޑިއާގައި އުފައްދާ ބޭސް ބޭނުންކޮށްގެން އެކި ގައުމުތަކުގައި މަރުތައް އިތުރުވަމުން ދާތީ، ބޭސް ކުންފުނިތަކުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑު ހަރުކަށިކޮށްފި އެވެ.
އިންޑިއާގެ 50 ބިލިއަން ޑޮލަރުގެ ބޭސް އިންޑަސްޓްރީގެ އިތުބާރާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިނގާފައި ވާތީ އުސޫލުތައް ހަރުކަށިކުރަން އެންގި ނަމަވެސް ކުދި ކުންފުނިތަކުން ވަނީ އާ އުސޫލަށް އަމަލުކުރަން ފެށުމަށް އިތުރު މުއްދަތެއް ދިނުމަށް އެދިފަ އެވެ.
"ބޭހުގެ ފެންވަރަށް، އެ އުފައްދާ ކުންފުންޏަކުން ޒިންމާވާން ޖެހޭނެ އެވެ. އެ ބޭހެއް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ބޭނުމަށް އެކަށީގެންވާ އެއްޗެއްކަން ކަށަވަރުކުރުމާއި ލައިސަންސްގައި ބުނާ ރައްކާތެރިކަމުގެ މިންގަނޑަށް އަމަލުކޮށް، ބޭސް ބޭނުންކުރާ މީހުންނަށް ނުރައްކަލެއް ކުރިމަތިވިޔަ ދީގެން ނުވާނެ އެވެ." ކުންފުނިތަކަށް މިދިޔަ މަހުގެ 28 ގައި ފޮނުވާފައިވާ ނޯޓިސްއެއްގައި ބުނެފައިވެ އެވެ.
ބޭހެއް މާކެޓަށް ނެރުމުގެ ކުރިން އެ ބޭހުން އެކަށީގެންވާ ނަތީޖާ ލިބޭތޯ، އެކަށީގެންވާ މިންވަރެއްގެ ސާމްޕަލް ބޭނުންކޮށްގެން ޓެސްޓުކުރުމަށާއި ކޮންމެ ބެޗެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ތަކުރާރުކޮށް ޓެސްޓުތައް ހެދުމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން މިދިޔަ އޯގަސްޓް މަހު ބުނެފައިވާ ގޮތުގައި ޑިސެމްބަރު 2022 އިން ފެށިގެން، ބޭސް އުފައްދާ 162 ފެކްޓަރީއެއް އިންސްޕެކްޓްކުރި އިރު ބޭސް އުފައްދަން ބޭރުން ގެންނަ ރޯމެޓީއަލްސް ޓެސްޓު ނުކުރާ ކަމަށެވެ. އަދި ބޭސް އުފައްދާ ކުދި 8،500 ފެކްޓަރީގެ ތެރެއިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތެނީ ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ވެސް މަދު ތަނެއް ކަމަށެވެ.
ސަރުކާރުން އަންގާފައިވަނީ ބޮޑެތި ކުންފުނިތައް ހަ މަސް ދުވަހުގެ ތެރޭގައި އަދި ކުދި ކުންފުނިތައް 12 މަސް ދުވަހުގެ ތެރޭގައި މިންގަނޑަށް ފެއްތުމަށެވެ.
ގެމްބިއާ، އުޒްބެކިސްތާން އަދި ކެމަރޫންގައި 141 ކުއްޖަކު މަރުވި މައްސަލައެއްގައި، ޑަބްލިޔުއެޗްއޯ އާއި އެހެން ބައެއް އިދާރާތަކުން ވަނީ އިންޑިއާގައި އުފައްދާ ސިރަޕަކާ އެ މަރުތަކާ ގުޅުން ހުރި ކަމަށް ބުނެފަ އެވެ. -- ރޮއިޓާސް
ކޮޗިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ވެކްސިން ހޯދަން މުޅި ދުނިޔެ އިންޑިއާ އަށް ބަރޯސާވެފައި
އިންޑިއާގައި ތާށިވި ބޭސް ޝިޕްމަންޓް ރާއްޖެ ގެންނަނީ
އަގުހެޔޮކޮށް ބޭސް އެތެރެކުރަން އިންޑިއާއާ މަޝްވަރާކޮށްފި
ދޭތެރެ ދުކުރުކުރަން ފިރިހެނުންނަށް އިންޖެކްޝަނެއް
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި