20 ޖެނުއަރީ 2021
ޕޫނޭ، އިންޑިއާ/ނިއު ދިއްލީ (ރޮއިޓާސް) - ކޮރޯނާވައިރަހުގެ ބޮޑު ބަލިމަޑުކަމުން އަަރައިގަތުމަށް މުޅި ދުނިޔެ ގުޅިގެން ފަށާފައިވާ ވަރުގަދަ މަސައްކަތަށް އިންޑިއާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ގައުމަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ގައުމެވެ. އެހެންވެ އިންޑިއާގެ ބޭސްއުފެއްދުމުގެ އިންޑަސްޓްރީން އަންނަނީ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަމުންނެވެ. ވެކްސިން އުފެއްދުމުގެ އޯޑަރުތައް ނުލިބޭ ބައެއް ކުންފުނިތައް ވެސް ތިބީ މަސައްކަތް ފަށަން ތައްޔާރަށެވެ.
ޕޫނޭ، އިންޑިއާ/ނިއު ދިއްލީ (ރޮއިޓާސް) - ކޮރޯނާވައިރަހުގެ ބޮޑު ބަލިމަޑުކަމުން އަަރައިގަތުމަށް މުޅި ދުނިޔެ ގުޅިގެން ފަށާފައިވާ ވަރުގަދަ މަސައްކަތަށް އިންޑިއާ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ ގައުމަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ގައުމެވެ. އެހެންވެ އިންޑިއާގެ ބޭސްއުފެއްދުމުގެ އިންޑަސްޓްރީން އަންނަނީ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްމަންޓްތައް ވެސް އިތުރުކުރަމުންނެވެ. ވެކްސިން އުފެއްދުމުގެ އޯޑަރުތައް ނުލިބޭ ބައެއް ކުންފުނިތައް ވެސް ތިބީ މަސައްކަތް ފަށަން ތައްޔާރަށެވެ.
މުޅި ދުނިޔޭގައި ދެމުން އަންނަ ވެކްސިންތަކުގެ 60 ޕަސެންޓް އުފައްދަަނީ އިންޑިއާގަ އެވެ. ކޮވިޑުން ދިފާއުވުމަށް މިހާތަނަށް ހޯދާފައިވާ އަގުހެޔޮ އަށް ވެކްސިނެއް އުފައްދަން އިންޑިއާގެ ކުންފުނިތައް ވަނީ ތައްޔާރު ވެފަ އެވެ. އިނގިރޭސިވިލާތުގެ ކުންފުނި، އެސްޓްރަޒެނެކާއިން ހޯދާފައިވާ ކޮވިޝީލްޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެސްޓްރެޒެނެކާ އިން ބުނަމުން އަންނަ ގޮތުގައި އެއީ ދުނިޔޭގެ އެންމެންނަށް އޮތް ވެކްސިނެކެވެ.
"ގިނަ ގައުމުތަކެއްގައި ގިނަ ވެކްސިންތަކެއް އުފައްދާ. އެކަމަކު ހުރިހާ ގައުމެއްގެ ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ވެކްސިން އުފެއްދުމުގެ ގާބިލުކަން ލިބިފައި ވަނީ އެންމެ ގައުމަކަށް، އެއީ އިންޑިއާ،" އިންޑިއާގައި ވެކްސިން އުފައްދާ ތަންތަނަށް ޒިޔާރަތް ކުރެއްވުމަށް ފަހު އޮސްޓްރޭލިއާ ސަފީރު ބެރީ އޮފަރެލް ރޮއިޓާސް އަށް ވިދާޅުވި އެވެ.
ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކާރުޚާނާ ހިންގާ ކުންފުންޏެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ ކޮވިޝީލްޑްގެ 50 މިލިޔަން ޑޯޒް އުފައްދައިފަ އެވެ. އެކަމަކު އެ ވެކްސިނަށް އިނގިރޭސިވިލާތާއި އިންޑިއާގައި ވެސް އަދި ދީފައި އޮތީ ކުއްލި ހާލަތުގައި ބޭނުންކުރުމުގެ ހުއްދައެކެވެ.
އެސްއައިއައި އިން ރާވާފައި ވަނީ އަންނަ ޖުލައި މަހާ ހަމައަށް 400 މިލިޔަން ޑޯޒް އުފެއްދުމާ އެކު އަހަރަކު ގާތްގަނޑަކަަށް އެއް ބިލިޔަން ޑޯޒް އުފެއްދޭ ވަރަށް ގާބިލުކަން އިތުރުކުރުމަށެެވެ.
ބޭސް ބަންދުކުރާ ކުންފުނި ސްކޮޓް ކައިޝާ އިން ތައްޔާރުވަމުން އަންނަނީ ވެކްސިން ބަންދުކުރާނެ ވައިލްތައް އިތުރަށް އުފެއްދުމަށެވެ. އަދި ޑީއެޗްއެލް އިން ތައްޔާރުވަމުން އަންނަނީ އިންޑިއާއައި އެހެން ގައުުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.
"އިންޑިއާ އިން އުފައްދައިގެން ނެރޭ ވެކްސިންގެ އަދަދު ގިނަކަމާއި އެއީ އަތްފޯރާ އަގެއްގައި އުފައްދާ ވެކްސިން ކަމަށް ވާތީ މި ބަލިމަޑުކަން ނިމުމަކަށްް ގެންނަން އިންޑިއާއަށް ވުރެ ވަކިން ބޮޑަށް ބައިވެރިވުން ދޭނެ އެހެން ގައުމެއް ނެތް،" ޕޫނޭގައި ހުންނަ އެސްއައިއައިގެ ކެމްޕަހުގައި ހުންނަވައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ސީއީއޯ އަދަރު ޕޫންވާލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕޫނޭ ކެމްޕަހުގައިވާ އޮޓަަމޭޓެޑެޑް މެޝިންތަކުން ގަޑިއަކު އެތައް ހާސް ވައިލްގެ އެސްޓްރަޒެނެކާ ޝޮޓްސް ބަންދުކުރެވެ އެވެ.
ނަމަވެސް އިންޑިއާގައި މިވަގުތު އުފައްދާ ގިނަ ޑޯޒްތައް ބޭނުންކުރާނީ އެ ގައުމުގެ އެތެރޭގަ އެވެ. އެ ގައުމުގެ 10 މިލިޔަނަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އެމެރިކާއަށް ފަަހު އެ ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކީ އިންޑިއާ އެވެ. އެހެންވެ އިންޑިއާ ސަރުކާރުން އިސްކަންދޭނީ އެ ގައުމުގެ 1.3 ބިލިޔަން މީހުންނަށް ބޭނުންވާ ވަރަށް ވެކްސިނުގެ ޑޯޒްތައް އުފެއްދުމަށެވެ.
މި ހަފުތާގައި ފިޔަވަޅުތަކަށް ލުއިދެނީ
ފައިޒާ ވެކްސިން ކޮވިޑްގެ ވޭރިއަންޓްތަކަށް ވެސް ރަނގަޅު
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ކޮވިޑް ވެކްސިންގެ ދިފާއު ހަ މަސް ފަހުން ދަށަށް ދޭ
ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިން އަގުބޮޑުކޮށްފި
ފައިޒާ އާއި އެސްޓްރާޒެނެކާ، ޑެލްޓާ ބާވަތަށް ރަނގަޅު
ވެކްސިން ހުއްޓައިލީ އެ ލިބުން ދަތިވެގެން
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި