Roadha Mihaaru
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ: މައުމޫން

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުމަކީ ފެންނަ ކަމެއް ނޫން: މައުމޫން

07 ޖެނުއަރީ 2024

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަން ދާދިފަހުން އޮތީ އިއުލާންކޮށްފަ އެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އެއްވެސް ސަބަބަކާ ހުރެ މަރުގެ އަދަބު ރާއްޖޭގައި ދިނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އާންމުންގެ ތާއީދު ހޯދުމަށް އެފަދަ ވާހަކަ ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މައުމޫންގެ ޓްވީޓްގައިވެ އެވެ.

މައުމޫންގެ ޓްވީޓް

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި 1953 ވަނަ އަހަރު އެވެ.

އޭގެ ފަހުން ވެސް އެކި ބާވަތުގެ މައްސަލަތަކުގައި މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވިޔަސް، އެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ. އެގޮތުން ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް އޭރުގެ ހައި ކޯޓުން ބައެއް ދިވެހިންގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ.

ނަމަވެސް އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ނިންމެވީ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވުމަށެވެ. އޭގެފަހުން ވެސް މަރުގެ މައްސަލަތަކުގައި ކޯޓުތަކުން މަރުގެ ހުކުމް އިއްވިޔަސް، އެ މީހުން ބައިތިއްބަނީ ޖަލުގަ އެވެ.

މަރަން ހުކުމްކޮށް، އިސްތިއުނާފް މަރުހަލާތައް އެއްކޮށް ނިމިފައިވާ ހަތަރު މީހަކު މިހާރު ވެސް ޖަލުގައި އެބަތިއްބެވެ.