ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 2-0 އިން އާސެނަލް ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު، ކުޅުންތެރިންގެ ނަފްސާނީ ހާލާ މެދު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލަންޑަން (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 2-0 އިން އާސެނަލް ބަލިވެ މުބާރާތުން ކެޓި މެޗަށް ފަހު، ކުޅުންތެރިންގެ ނަފްސާނީ ހާލާ މެދު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މެޗުގެ ކުރީކޮޅު އާސެނަލް އިން މޮޅަށް ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެވެ. ނަމަވެސް ލިވަޕޫލުން ވަނީ ފަހު ވަގުތު ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި ޔާކޫބް ކިވިއޯ އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ނެގިއިރު، ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ލުއިސް ޑިއާޒް އެވެ.
"ހާއްސަކޮށް މިރޭގެ މެޗަށް ފަހު [ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އަސަރު] ކުރާނެކަމަށް ގަބޫލު ކުރެވޭ. ފުލަމް އާއި ވެސްޓް ހޭމް މެޗުގައި ލިބުނު ފުރުސަތުތަކަށް ވުރެ މާ ގިނަ ފުރުސަތު މި މެޗުގައި ލިބިއްޖެ. އެހެންވެ އާ ފެށުމަކުން ފަށަން އެބަ ޖެހޭ،" އާސެނަލްގެ ކުޅުންތެރިންނަށް ގޯލު ޖަހަން ދިމާވެފައިވާ އުނދަގޫތަކާ ގުޅިގެން އާޓެޓާ ބުންޏެވެ.
"ވަރަށް އުނދަގޫ. އެކަމު ޓީމު ބަލިވެގެން ދާއިރު އެއްގޮތަކަށް ވެސް ނުކުޅެވިގެން މެޗެއް ކާމިޔާބު ނުވާ ހިސާބަށް ހިނގައްޖެ ނަމަ މާ ދެރަވާނެ. އަހަރެން ކަންބޮޑުވެގެން މި އުޅެނީ އެއީ އަހަރެން އަބަދުވެސް މޮޅުވާން ބޭނުންވޭ އަދި މި ޓީމު އެބަ ޖެހޭ ބައިވަރު މެޗުތަކުން މޮޅުވާން."
އާސެނަލް އާއި ލިވަޕޫލް ރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
އާސެނަލް އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. އަދި ރޭގެ މެޗަކީ އާސެނަލް ވިދިވިދިގެން ބަލިވި ތިންވަނަ މެޗެވެ. ރޭގެ މެޗުގެ ކުރިން ވަނީ ލީގުގައި ފުލަމް އާއި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ރޭ 5-0 އިން ހަޑާސްފީލްޑް ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. ފިލް ފޮޑެން ދެ ގޯލު ޖެހިއިރު ހޫލލިއަން އަލްވަރޭޒް އާއި ޖެރެމީ ޑޯކޫ ވެސް ވަނީ ރޭގެ މެޗުގައި ލަނޑެއް ޖަހައިފަ އެވެ. އަދި ސިޓީގެ އެއް ގޯލަކީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެންޗެސްޓާ ޔުނައިޓެޑް މި ސީޒަންގެ އެފްއޭ ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން ދަންވަރު 1:15 ގައި ބައްދަލުކުރާނީ ރަށުން ބޭރުގައި ވިގަން އެތުލެޓިކާ ދެކޮޅަށެވެ.
އާސެނަލަށް ފަހު ޗެމްޕިއަން ލިވަޕޫލް ވެސް ކަޓައިފި
އާސެނަލް އަނެއް ބުރަށް، ވާދަކުރަން ޖެހޭނީ ސިޓީއާ
"އާސެނަލަށް ސިޓީ ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ"
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ސިޓީ އާއި އާސެނަލަށް ވުރެ ކުރީގައި އަދިވެސް ލިވަޕޫލް
ސިޓީއަށް މޮޅުނުވެވުމުން ލިވަޕޫލް އެއް ވަނައަށް
އާސެނަލް އާއި ލިވަޕޫލުން ސިޓީއަށް އެއްވަނަ ހަވާލުކޮށްފި
ލިވަޕޫލަށް މަގާމު ގެއްލިއްޖެ، ތަށި ނަގަނީ އާސެނަލްތަ؟
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް