ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި 11 މަޝްރޫއަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލައިފި އެވެ.
09 ޖެނުއަރީ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި 11 މަޝްރޫއަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލައިފި އެވެ.
ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވި ފޯރަމްގައި ހުޅުވައިލީ މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއި ރަސްމާލެ ތަރައްގީ ކުރުމާއި އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓާއި ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ޕްރޮކްޓާއި އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް ޕްރޮޖެކްޓާއި އިޔާދަ ކުރަނިވި ހަކަތަ އަދި ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓެވެ.
އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއްޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އާއި އިތުރު 15 އެއާޕޯޓް ހެދުމާއި އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެ އެވެ.
ފޯރަމްގެ ބައިވެރިންނަށް ވަނީ އެ އިން ކޮންމެ ޕްރޮޖެކްޓެއްގެ ޕްރެޒެންޓޭޝަނެއް ދީފަ އެވެ. އަދި ކަމާ ގުޅުން ހުރި ހަތަރު ވަޒީރަކު ވެސް އިތުރު ތަފުސީލް ދެއްވި އެވެ
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މައިގަނޑު އެ ޕްރޮކްޓްތަކުގެ އިތުރުން މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހުށަހަޅާ ބިޒްނަސް މޮޑެލްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް
ޗައިނާއާ އެކު ކުރާ މަސައްކަތްތައް އިތުރު ހަލުވިވެއްޖެ
ކުދި ގައުމުތަކުގެ ހައްގުގައި ޗައިނާގެ ދައުރަށް ތައުރީފް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން