Roadha Mihaaru
ރަޖްނީކާންތުގެ "ލާލް ސަލާމް" އަންނަ މަހު ނުވައެއްގައި

ރަޖްނީކާންތުގެ "ލާލް ސަލާމް" އަންނަ މަހު ނުވައެއްގައި ސިނަމާ އަށް

10 ޖެނުއަރީ 2024

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތުގެ އާ ފިލްމު "ލާލް ސަލާމް" އަންނަ މަހު ނުވައެއްގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތުގެ އާ ފިލްމު "ލާލް ސަލާމް" އަންނަ މަހު ނުވައެއްގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ސްޕޯޓްސް އެކްޝަން ޑްރާމާ މި ފިލްމަކީ މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ އެއް ފިލްމަށް ވާނެ އެވެ. އަދި މިއީ ރަޖްނީކާންތުގެ ދަރިފުޅު އައިޝްވާރިޔާ ރަޖްނީކާންތު ޑައިރެކްޓުކުރާ ފިލްމަކަށް ވުމުން ގިނަ ބަޔަކު ތިބީ މި ފިލްމު ބަލަން ކެތްމަދުވެފަ އެވެ.

އޭނާ ފިލްމެއް މި ޑައިރެކްޓުކުރަނީ ހަތް އަހަރު ފަހުންނެވެ.

އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި "ލާލް ސަލާމް"ގެ އުފެއްދުންތެރިން ވަނީ އަންނަ މަހު ނުވައެއްގައި މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނެ ކަން އިއުލާންކޮށްފަ އެވެ.

މި ފިލްމުގެ ލީޑު ރޯލުތަކުން ފެންނާނީ ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ ވިޝްނޫ ވިޝާލް އަދި ވިކްރާންތެވެ.

މި ފިލްމާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް އަދި އާންމުކޮށްފައި ނުވާއިރު، ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމު ބިނާކޮށްފައި ވަނީ އިނގިރޭސީންގެ ބާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރު، އެ ގައުމުގައި ކްރިކެޓް ކުޅުމުގެ ކަންކަން އޮތް ގޮތާ ގުޅުވައި ގެނެސްދޭ ހިޔާލީ ވާހަކައަކަށެވެ.