މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ ތަރި ކްރިތީ ސެނޮންގެ އާ ފިލްމު "ތެރޭ އިޝްގް މޭ"އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި ދެކުނު އިންޑިއާގެ އެކްޓަރު ދަނުޝް އާއި ބޮލީވުޑްގެ ތަރި ކްރިތީ ސެނޮންގެ އާ ފިލްމު "ތެރޭ އިޝްގް މޭ"އަށް ބޮކްސް އޮފީހުގައި ރަނގަޅު ފެށުމެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަމަ ތިން ދުވަހު އެ ފިލްމަށް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 51.75 ކްރޯޑް ރުޕީސް ލިބިފަ އެވެ.
ލޯބީގެ ފިލްމު "ތެރޭ އިޝްގް މޭ"އަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނައިރު، ދަނުޝް ކުޅުނު ބޮލީވުޑްގެ ފުރަތަމަ ފިލްމު ކަމަށްވާ "ރާޖަނާ"އަށް ވުރެ ބޮޑު އާމްދަނީއެއް ލިބުމާ ގާތަށް މިހާރު މި ފިލްމު ވަނީ ގޮސްފަ އެވެ. "ރާޖަނާ"އަށް އިންޑިއާގެ ބޮކްސް އޮފީހުގައި މުޅި ޖުމްލަ ލިބުނީ 60.22 ކްރޯޑް ރުޕީސް އެވެ.
ދަނުޝްގެ މި ފިލްމު ވެސް ޑައިރެކްޓުކުރީ "ރާޖަނާ"ގެ މަސައްކަތްކުރި އަނަންދު އެލް ރާއީ އެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަކަށް މި އަހަރަކީ ބޮކްސް އޮފީހުގައި ވަރަށް ނާކާމިޔާބު އަހަރެކެވެ. މި އަހަރު ރިލީޒްކުރި ވަރަށް އުއްމީދީ ފިލްމުތައް ކަމަށްވާ "މެޓްރޯ... އިން ދިނޯ" އާއި "ބޫލް ޗުކް މާފް" އާއި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ކަހަލަ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. އަދި "ވޯ 2" ކަހަލަ ފިލްމުތައް ފްލޮޕް ނުވި ނަމަވެސް، އުއްމީދުކުރި ވަރުގެ އާމްދަނީއެއް ނުލިބުނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި ހަފުތާ ނިމޭއިރު "ތެރޭ އިޝްގް މޭ"އަށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
"ތެރޭ އިޝްގް މޭ"އަށް ގިނައިން ލިބިފައި ވަނީ ވެސް ޕްޒޮޓިވް ރިވިއުސްތަކެވެ.
ކްރިތީ އާއި ދަނުޝް އެކުގައި ކުޅުނު ފުރަތަމަ "ތެރޭ އިޝްގް މޭ"ގައި ދައްކަނީ ކޮލެޖް ޔޫނިއަންއެއްގެ ވެރިއަކަށް ހުންނަ ތަންކޮޅެއް ރުޅިގަދަ މީހަކާއި އެ ކޮލެޖުގައި އުޅޭ މަޑުމައިތިރި އަންހެނަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެވެ.
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު
މި އަހަރުގެ އެންމެ އަގުބޮޑު ފިލްމަކީ "ކަންޓާރާ"
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް
"ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ސައްޔާރާ ބަލައިގެން ރޯން ފައިސާ ބެހި ކަމަށް ތުހުމަތު