ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ މަހޭޝް ބާބޫ އާއި ޕްރިތުވިރާޖު ސުކުމަރަން މުހިންމު ރޯލުތައް ކުޅޭ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރަޖަމޯލީގެ އާ ފިލްމުގެ ޓިޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
ގްލޯބަލް ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ މަހޭޝް ބާބޫ އާއި ޕްރިތުވިރާޖު ސުކުމަރަން މުހިންމު ރޯލުތައް ކުޅޭ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރަޖަމޯލީގެ އާ ފިލްމުގެ ޓިޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ފިލްމުގެ ނަމާއި ޓީޒާ އާންމުކުރީ އެކަމަށްޓަކާ އިންޑިއާގެ ހެއިދަރުއާބާދުގައި އިއްޔެ ބޭއްވި ހާއްސަ ފޭން އިވެންޓެއްގަ އެވެ.
"ބަހޫބަލީ" އަދި އޮސްކާ އެވޯޑް ހޯދާފައިވާ "އާރްއާރްއާރް"ގެ ޑައިރެކްޓަރު ރަޖަމޯލީ ގެނެސްދޭ އެ ފިލްމަށް ކިޔަނީ "ވަރަނާސީ" އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ނަމާއި ޓީޒާ އާންމުކުރަން ރަމޯޖީ ފިލްމް ސިޓީގައި ބޭއްވި އިވެންޓުގައި މަހޭޝް ބާބޫގެ 50،000 އަށް ވުރެ ގިނަ ފޭނުން ބައިވެރިވި އެވެ.
އެ ފިލްމުގެ ފުރަތަމަ ޓީޒާގެ ގޮތުގައި ގެނެސްދިން މި ތިން މިނެޓާއި 41 ސިކުންތުގެ ޓީޒާގައި ފީޗާކޮށްފައި ވަނީ މަހޭޝް ބާބޫ އެކަންޏެވެ. އަދި "ވަރްނާސީ"ގެ ދުނިޔޭގެ ކުޑަ ތައާރަފެއް ދިނެވެ.
"ވަރަނާސީ"ގެ އެންމެ މުހިންމު ތިން ތަރިން ކަމަށްވާ ޕްރިޔަންކާ އާއި މަހޭޝް ބާބޫ އަދި ޕްރިތުވިރާޖުގެ ވަކިވަކި ޕޯސްޓަރުތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ޕްރިޔަންކާ އިންޑިއާގެ ފިލްމެއް މި ކުޅެނީ ވަރަށް ގިނަ އަހަރު ފަހުންނެވެ. އެންމެފަހުން އޭނާ ކުޅުނު އިންޑިއާގެ ފިލްމަކީ 2019 ގައި ގެނެސްދިން "ދަ ސްކައި އިޒް ޕިންކް" އެވެ.
"ވަރަނާސީ" ރިލީޒްކުރަނީ 2027 ގަ އެވެ.
ދެކުނު އިންޑިއާގެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ގޮތް
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
އަގަސްތިޔަގެ އާ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި
މި އަހަރުގެ އެންމެ އަގުބޮޑު ފިލްމަކީ "ކަންޓާރާ"
"ދޭ ދޭ ޕިޔާރު ދޭ 2" އަންނަ މަހު ގެނެސްދެނީ
މޯދީގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ
"ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް
ރިތިކްގެ "ވޯ 2"ގެ ޓްރެއިލާ އާންމުކޮށްފި
"ދަޅަކް 2"ގެ ޓްރެއިލާ ނެރެފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ