Roadha Mihaaru
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި

ދަރަންޏަށް 8.5 ބިލިއަން ރުފިޔާ ދޭނެ ބަަޔަކު ހޯދަން ފިނޭންސުން އިއުލާނުކޮށްފި

11 ޖެނުއަރީ 2024

ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދަރަނީގެ ގޮތުގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުގެ ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދަރަނީގެ ގޮތުގައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސުން ކުރި އިއުލާނުގައި ބުނީ، ލޯނު ނުވަތަ ޓްރެޝަރީ ސެކިއުރިޓީގެ ގޮތުގައި އެ އަދަދަށް ފައިސާ ބޭނުންވާ ކަމަށެވެ.

ސަރުކާރުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މިއަހަރު ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ނުވަތަ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ނުވަތަ ބޮންޑާއި ޓީބިލް މެދުވެރިކޮށެވެ. ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުންނެވެ. ބޭރުން ހޯދަނީ ބަޖެޓް ސަޕޯޓު ލޯނާއި ގްރީން/ބްލޫ ބޮންޑާއި ޕްރޮޖެކްޓްތަކަށް ހޯދާ ލޯނުތަކެވެ.

ސަރުކާރުން މިވަގުތު އިއުލާނުކޮށްފައިވަނީ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 60 ޕަސެންޓް ފައިސާ އެވެ.

ފިނޭންސުން ބުނީ، ސަރުކާރުން ހިންގަން ހަމަޖެހިފައިވާ ހާއްސަ ޕްރޮޖެކްޓްތަކަށް މިފައިސާ ބޭނުން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ އާއި އުމްރާނީ ތަރައްގީ އާއި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ވެސް ހޭދަކުރާނެ އެވެ.

ދައުލަތަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން ކުންފުނީގެ ޕްރޮފައިލާއި ވޭތުވެދިޔަ ފަސް އަހަރުގެ މާލީ ހިސާބުތަކާއި އެ ފައިސާ ފޯރުކޮށްދެވޭނެ ވަގުތާއި ޓާމްސް އެންޑް ކޮންޑިޝަންތައް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.