Roadha Mihaaru
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް

އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފި

11 ޖެނުއަރީ 2024

ވެރިކަން ކުރާ ޕީއެންސީ/ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި 4.1 މިލިއަން ރުފިޔާގެ ހުކުމުގެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެރިކަން ކުރާ ޕީއެންސީ/ ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި 4.1 މިލިއަން ރުފިޔާގެ ހުކުމުގެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.

އާޒިމާގެ އައިރު ހާޒިރުގައި ސިވިލް ކޯޓުން އެ ހުކުމްކުރީ އޭނާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ އިސްލާމިކް ބޭންކުން ދައުވާ ކުރުމުންނެވެ. ނަމަވެސް އާޒިމާ ވިދާޅުވެފައިވަނީ އެގޮތަށް ހުކުމްކުރީ ލޯނު ރީސްޓްރަކްޗާ ކުރަން ބޭންކާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވަނިކޮށް ކަމަށެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން އާޒިމާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

އާޒިމާގެ މައްްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓް ކޮށްފައި ވިޔަސް، ކޯޓުން ފަހުން ބުނެފައިވަނީ އެފަދަ އެއްވެސް މައްސަލައެއް ކޯޓުގައި ނެތް ކަމަށެވެ. އެ މައްސަލާގައި އާޒިމާ ވަނީ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.