12 ޖެނުއަރީ 2024
މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި، މަންޓާ އެއާގެ ސީޕްލޭން އަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި، މަންޓާ އެއާގެ ސީޕްލޭން އަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ބޯޓަށް ގެއްލުންތަކެއް ވެފައިވާ ވީޑިއޯއެއް މިއަދު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓުގެ ކުރީކޮޅު ފަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
މަންތާ އެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުބީން ޖަލީލު މިއަދު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު، މާލެ އަތޮޅު ފަޅެއްގެ ޑޮކެއްގައި އެ ބޯޓު އަޅާފައި އޮއްވައި ކަހާލައިގެން ގޮސް ކަމަށެވެ.
"ކަނޑުގައި ދުއްވާ އުޅަނދުފަހަރު ގެންގުޅޭއިރު ވާކަހަލަ ކަމެއް މިއީ. އެއީ އެހާ ބޮޑު ކަމެއް ނޫން. ބޯޓު ކަހާލައިގެން ގޮސް ޖެހިފަ ގެއްލުން ވެފައި އެ ހުރީ. މަރާމާތަށް ފޮނުވާލާފައި މިހާރު ވާނީ. ރިޕެއާ ކުރަން އަޅުގަނޑުމެން ފޮނުވަނީ ދ. އަތޮޅުގައި އޮންނަ އަޅުގަނޑުމެންގެ ތަނަށް."
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
moosun gose ve Manta Air aircraft akah bodu genlumeh vejje. pic.twitter.com/woKujHI875
— Accidents in Maldives (@AccidentsMV) January 12, 2024
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ހުރަސްކުރާތީ، ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފަ އެވެ.
މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރ. އަތޮޅުން ފެށިގެން ލ، އަތޮޅާއި ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އެ ހިސާބުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެ އެވެ.
ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފަ އެވެ.
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ވަރަށް ގަދަ، ހުޅުލެއަށް 58 މޭލަށް ވައި ގަދަވި
މޫސުން ގޯސްވުމުން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ސްކޫލް ބަންދާ އެކު މުޅި ރާއްޖެއަށް ވިއްސާރަ
މިރޭ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
އުތުރަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް