މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރުގެ މައި ޕަޓީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެއް ކެންޑިޑޭޓަކު ކާމިޔާބު ކުރައްވައިފި އެވެ.
13 ޖެނުއަރީ 2024
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރުގެ މައި ޕަޓީ ޕީއެންސީގެ ދެ ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެއް ކެންޑިޑޭޓަކު ކާމިޔާބު ކުރައްވައިފި އެވެ.
މިއަދު އިންތިހާބު ބާއްވާފައި ވަނީ މާލޭ ސިޓި ކައުންސިލްގެ މާފަންނު ދެކުނާއި، މެދު ހެންވޭރު އަދި ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރުން ސަރުކާރުގެ އެހެން މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކޮށްފައި ވާއިރު އީސީން ބުނީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ ކާމިޔާބު ކުރައްވާފައި ވާއިރު، މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.
ކެންޑިޑޭޓް 1: މުހައްމަދު ރަފީއު (އަމިއްލަ ގޮތުން) 58 ވޯޓު
ކެންޑިޑޭޓް 2: ހަސަން ނިޒާމް (ކޮންގްރެސް ޕާޓީ) 383 ވޯޓު
ކެންޑިޑޭޓް 3: އަލީ އިސްހާގް (ދަ ޑިމޮކްރެޓްސް) 84 ވޯޓު
ކެންޑިޑޭޓް 4: އަހުމަދު އިމްރާން (އެމްޑީޕީ) 343 ވޯޓު
ކެންޑިޑޭޓް 5: މުހައްމަދު މައިޒަރު (އަމިއްލަ ގޮތުން) 215 ވޯޓު
ކެންޑިޑޭޓް 1: ހައްވާ ނިހްލާ (އެމްޑީޕީ) 308 ވޯޓު
ކެންޑިޑޭޓް 2: އައިމިނަތު ރިޝްފާ އަހުމަދު (ކޮންގްރެސް ޕާޓީ) 411 ވޯޓު
ކެންޑިޑޭޓް 3: އައިޝަތު އަފްނާން އަލީ (އަމިއްލަ ގޮތުން) 160 ވޯޓު
ކެންޑިޑޭޓް 4: އައިޝަތު ލީނާ (ދަ ޑިމޮކްރެޓްސް) 139 ވޯޓު
ކެންޑިޑޭޓް 1: އަހުމަދު ރިޝްވާން ރަޝީދު (އެމްޑީޕީ) 320 ވޯޓު
ކެންޑިޑޭޓް 2: މުހައްމަދު ޒައިން ހަސަން (އަމިއްލަ ގޮތުން) 190 ވޯޓު
ކެންޑިޑޭޓް 3: ފާތިމަތު ޝައުފާ ސަލީމް (ކޮންގްރެސް ޕާޓީ) 305 ވޯޓު
ކެންޑިޑޭޓް 4: އަބްދުﷲ އަތޫފް (އަމިއްލަ ގޮތުން) 229 ވޯޓު
ކެންޑިޑޭޓް 1: ޝުއައިބް އަލީ (އަމިއްލަ ގޮތުން) 125 ވޯޓު
ކެންޑިޑޭޓް 2: ހުސެން ވަހީދު (އަމިއްލަ ގޮތުން) 1888 ވޯޓު
ކެންޑިޑޭޓް 3: އައިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ) 5،031 ވޯޓު
ކެންޑިޑޭޓް 4: އާދަމް އާޒިމް (އެމްޑީޕީ) 7621 ވޯޓު
ކެންޑިޑޭޓް 5: މުހައްމަދު ސައިފް ފާތިހް (ދަ ޑިމޮކްރެޓްސް) 2343 ވޯޓު
މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން އޮތީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!
ބުޅަލުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ބޮޑު ޕްލޭނެއް
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި
ގޯތި/ފްލެޓް ލިބުނު މީހުން މަގުމަތިވިޔަނުދޭނަން: އާޒިމް
ބިން ވެރިންގެ ހައްގުގައި މަސައްކަތް ކުރާނަން: އާޒިމް