މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
12 ޑިސެމްބަރ 2023
މާލޭގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަ ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.
މޭޔަރުގެ ގޮނޑިއަށް އާ ބޭފަޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.
އާޒިމާގެ އިތުރުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކައުުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ ފޯމް ހުށަހަޅައިފަ އެވެ.
މާލެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝަކޫރު (ވ) އާއި ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް އީސީގައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާ މީގެ ކުރިން ވިދާޅުވެފައި ވަނީ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވުރު ކާމިޔާބުކުރައްވަން ކަމަށެވެ.
"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ: އޭނާ ވަނީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާގެ އިތުރުން މޭޔަރު ކަމަށް ދެން ފޯމު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް އެވެ. އެ ދެ ބޭފުޅުންގެ އިތުރުން މާލޭގެ މޭޔަރުކަމަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މޭޔަރުކަމުގެ މަގާމުގައި ހުންނެވި މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ ސަރުކާރުގެ އެކި މަގާމުތަކަށް އެ ބޭފުޅުން ވަޑައިގަތުމުންނެވެ.
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
މާލޭގެ 2 ގޮނޑި ޕީއެންސީއަށް، 1ގޮނޑި އެމްޑީޕީއަށް
މާލޭގެ ތަރައްގީއަށް ޕީއެންސީ ކެންޑިޑޭޓުން ހޮވައިދީ
މިހުރީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން: އާޒިމާ
ހަބަރެއްގެ މައްސަލައިގައި އާޒިމާ ކޯޓަށާއި ޕޮލިހަށް
"މޭޔަރުކަމަށް ޓެސްޓު ކޮށްލައްވާ، މާޔޫސްވިޔަ ނުދޭނަން"
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދަނީ
އާޒިމާ ހޮވައިދީ، ވިލިމާލޭގެ ހުރިހާ ކަމެއް ހަމަޖެހޭނެ
ތަފާތު ދައްކާނަން، ހިތާމައެއް ނޯންނާނެ: އާޒިމާ
އިހުލާސްތެރިކަމާ މެދު ސުވާލު ކުރާނެ ޖާގައެއް ނުދޭނަން