Roadha Mihaaru
ވިއްސާރައިގައި ގެއްލުންވި 90 ގެއަކަށް އެހީ ދެނީ

ވިއްސާރައިގައި ރަށްރަށުން ގެއްލުން ލިބުނު 90 ގެއަކަށް ފައިސާ ދެނީ

15 ޖެނުއަރީ 2024

ރާއްޖެ އަށް މިފަހުން ކުރި ވިއްސާރާގައި އެކި ރަށްރަށުން ގެއްލުންވި 90 ގެއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ބަހަން ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ނިންމައިފި އެވެ.

ރާއްޖެ އަށް މިފަހުން ކުރި ވިއްސާރާގައި އެކި ރަށްރަށުން ގެއްލުންވި 90 ގެއަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ ބަހަން ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ނިންމައިފި އެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ވިއްސާރާގައި ގެއްލުންތައް ލިބިގެން ނުވަ ރަށަކުން ރިޕޯޓްކުރި އެވެ. އެއީ ބ. ގޮއިދޫ، ލ. ގަން، ލ. މާމެންދޫ، ޅ. ހިންނަވަރު، ސ. މަރަދޫ، ސ. ފޭދޫ، ފުވައްމުލައް، ކ. ގުރައިދޫ އަދި ކ. ހިންމަފުއްޓެވެ.

މި ނުވަ ރަށުން ޖުމްލަ 103 ގެއަކަށް ގެއްލުންވެ، އެ ގެތަކުގެ އެސެސްމެންޓް ހަދާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުންޏެވެ. އޭގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ 90 ގެއަކަށެވެ.

އެ 90 ގެއަކީ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވި ގެތަކެވެ. އޭގެ ތެރެއިން 21 ގެއެއްގެ އިމާރާތަށް އެކިވަރުގެ ގެއްލުންވެފައި ވާތީ، އެކަމަށް ވެސް ބަދަލު ދޭން ވަނީ ނިންމައިފަ އެވެ.

ގެއްލުމުގެ ގޮތުގައި އެ ގެތަކަށް ބަހަން ނިންމާފައި ވަނީ ޖުމްލަ 474،349 ރުފިޔާ އެވެ.

މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ވިއްސާރައިގައި ފެން ބޮޑުވެ، ގެތަކަށް ލިބުނު ގެއްލުމުގެ އަގު މިލިއަނަކަށް ވުރެ ބޮޑު ކަމަށް ވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓިން ވަނީ ބުނެފަ އެވެ.

ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ތެރެއިން އެހީގެ ގޮތުގައި އެ ގެތަކަށް 711،541ރ. ދޭން ނިންމާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެ އަދަދުން އެންމެ ބޮޑު ހަރަދެއް ދޭން ނިންމީ ސްޓްރަކްޗަރަލް ގެއްލުމަށެވެ. އެއީ 611،466ރ. އެވެ. ޒަރޫރީ ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ލައްކައެއްހާ ރުފިޔާ އަރަ އެވެ.