Roadha Mihaaru
"ގިނަ އާއިލާތަކެއް ވަގުތީ ހިޔާއަށް ބަދަލު ކުރަންޖެހޭ"

ގެއްލުންތައް ބޮޑު، ގިނަ އާއިލާތަކެއް ވަގުތީ ހިޔާއަށް ބަދަލުކުރަން ޖެހޭ: އެންޑީއެމްއޭ

02 ޖުލައި 2022

ގިނަ ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި ގިނަ އަދަދެއްގެ އާއިލާ ވަގުތީ ހިޔާ އަށް ބަދަލު ކުރަންޖެހޭ ކަމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ގިނަ ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށާއި ގިނަ އަދަދެއްގެ އާއިލާ ވަގުތީ ހިޔާ އަށް ބަދަލު ކުރަންޖެހޭ ކަމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ޑިރެކްޓަރު އޮފް އިމަޖެންސީ މެނޭޖްމަންޓް ފަރޫޝާ "މިހާރު" އަށް ވިދާޅުވީ ގދ. މަޑަވެލީގައި 98 ޕަސަންޓު ފެންބޮޑުވެފައިވާ އިރު ގިނަ އަދަދެއްގެ އާއިލާ އަމިއްލަ ގެ ދޫކޮށް އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށާއި ހަތަރު ގެއެއްގައި ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ތ. ތިމަރަފުށީގައި 30 ވަރަކަށް އާއިލާ އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށާއި އެއް އާއިލާ ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް ފަރޫޝާ ވިދާޅުވި އެވެ. އަދި އެ އަތޮޅު ކިނބިދޫގައި ވެސް 90 ޕަސަންޓު ގެތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި ގިނަ ބަޔަކު އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ވަގުތީ ހިޔާ ފޯރުކޮށްދީފައިވާ އާއިލާތައް:

އައްޑޫ މަރަދޫ - 2 އާއިލާ

މަޑަވެލި - 4 އާއިލާ

ތިމަރަފުށި - 1 އާއިލާ

ފެންފުށި - 1 އާއިލާ

ފަރޫޝާ ވިދާޅުވިގޮތުގައި އުދައިގެ ސަބަބުން މަޑިފުށީގެ ނަރުދަމާ ހޮޅި ވެސް ފަޅައިގެން ގޮސް ވަނީ ހަލާކުވެފަ އެވެ. އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ގެއެއްގެ ފުރާޅު އެއްލާލުމުން މަރާމާތު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮޮލޮޖިކަލް ސެންޓާ (މެޓް) އިން ލަފާ ކުރާތީ އެމްއެންޑީއެފާއި ކައުންސިލްތަކާ ގުޅިގެން ފެން ހިނދުމަށާއި ވެލި ބަސްތާ ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

އުދައިގެ ސަބަބުން ހަތް އަތޮޅަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެއީ އެއީ އދ. ފެންފުށި، ޅ. ކުރެންދޫ، ތ. އަތޮޅުގެ ނުވަ ރަށެއް، ލ. މާވަށް، ގއ. ކޮލަމާފުށީ، ގދ. ގެ ހަތަރު ރަށެއް އަދި އައްޑު އަތޮޅެވެ.