Roadha Mihaaru
މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟

މިނިސްޓަރު ބޭނުންވާ ޕީއެސްއެއް، ދެން ވާނީ ކިހިނެއް؟

12 ޖޫން 2016

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)ގެ ލިސްޓަށް ނަޒަރު ހިންގައިލީމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ލިސްޓަށް ބަލާލުމުން، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާނެ އަދި އަދި ސިޔާސީ ގޮތުން، މި ސަރުކާރާ އިދިކޮޅު ފިކުރަށް "ގޮސް ހުސްވެ" ހުރި ބޭފުޅެއް އަޅައެއް ނުގަތެވެ. މީގެ ކުރިން އެފަދަ ބައެއް ބޭފުޅުން ފެނުނު ނަމަވެސް، މިފަހަރު ޔަގީނުން ވެސް ތަފާތެވެ. އެކަމަކު ބައެއް ޕާމަނަންޓް ސެކްރެޓަރީން ސަރުކާރަށް "އުނދަގޫ" ކުރާ ކަމަށް ބުނެ، ޕީޕީއެމްގެ މެމްބަރަކު ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ކީއްވެ ހެއްޔެވެ؟ އެ ވިދާޅުވާ އުނދަގުލަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރުން ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީންގެ ޝަރުތަކީ ކޮބައި ހެއްޔެވެ؟

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް)ގެ ލިސްޓަށް ނަޒަރު ހިންގައިލީމެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެ ލިސްޓަށް ބަލާލުމުން، ސަރުކާރުގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވާނެ އަދި އަދި ސިޔާސީ ގޮތުން، މި ސަރުކާރާ އިދިކޮޅު ފިކުރަށް "ގޮސް ހުސްވެ" ހުރި ބޭފުޅެއް އަޅައެއް ނުގަތެވެ. މީގެ ކުރިން އެފަދަ ބައެއް ބޭފުޅުން ފެނުނު ނަމަވެސް، މިފަހަރު ޔަގީނުން ވެސް ތަފާތެވެ. އެކަމަކު ބައެއް ޕާމަނަންޓް ސެކްރެޓަރީން ސަރުކާރަށް "އުނދަގޫ" ކުރާ ކަމަށް ބުނެ، ޕީޕީއެމްގެ މެމްބަރަކު ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ ކީއްވެ ހެއްޔެވެ؟ އެ ވިދާޅުވާ އުނދަގުލަކީ ކޮބައި ހެއްޔެވެ؟ މިނިސްޓަރުން ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީންގެ ޝަރުތަކީ ކޮބައި ހެއްޔެވެ؟

މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުމަކީ މިހާރު ގާނޫނުގައި އޮތް ގޮތުން ނަމަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ޒިންމާއެކެވެ. ނަމަވެސް ހއ. ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ، އެކަން އެހެން ގޮތަކަށް ފުރޮޅިގެން ހިނގައިދާނެ އެވެ. އޭނާގެ އިސްލާހުގައިވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ޖެހެނީ އެ ބޭފުޅަކު އައްޔަން ކުރާ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ. އެނޫން ގޮތަކަށް ޕީއެސް އައްޔަން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްލަނީ އެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ފާހަގަކުރައްވާ ގޮތުގައި ބައެއް ޕާމަނަންޓް ސެކްރެޓަރީންގެ ފަރާތުން މިނިސްޓަރަށް އުނދަގޫވާ ކަންކަން ފާހަގަވެފައި އެބަ ހުއްޓެވެ. އެހެންކަމުން ޕާމަނަންޓް ސެކެޓްރީންނާ މެދު ފިޔަވަޅު އަޅައި މިނިސްޓްރީތައް ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ސިޔާސީ ގޮތުން ކުރާ އަމުރުތަކެއް ކަމަށް ބަލާފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެ ބޭފުޅުންނަށް [ޕާމަނަންޓް ސެކެޓްރީން] ވަރަށް އުނދަގޫވޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން،" ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ވާހަކަ ދައްކަވަނީ: ބައެއް ޕާމަނަންޓް ސެކްރެޓަރީންގެ އަމަލުތަކާ ހެދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވޭ.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު ވާހަކަ ދައްކަވަނީ: ބައެއް ޕާމަނަންޓް ސެކްރެޓަރީންގެ އަމަލުތަކާ ހެދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދަތިވާ ކަމަށް އޭނާ ވިދާޅުވޭ.--- ފޮޓޯ: މަޖިލިސް

އޭނާގެ ވާހަކަތަކާ ގުޅިގެން، ކުރީގެ ޕާމަނަންޓް ސެކްރެޓަރީއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ސީދާ ރައްޔިތުންނަށް ދޭ ހިދުމަތަށް ބުރޫ އަރާފަދަ ކަމެއް ކުރަން އެއްވެސް ޕާމަނަންޓް ސެކްރެޓަރީއަކު މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނަމަވެސް ގާނޫނާއި ގަވައިދުތަކުގެ ބޭރުން ބައެއް ކަންކަން ކުރަން އެންގުމުން، ބައެއް ފަހަރު އެކަންކަމާ ދެކޮޅަށް ބަސް ބުނެފައި ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ބައެއް ކަންކަމުގައި އެ ހުއްދަ ނެތި ބައެއް ސިޔާސީ ބޭފުޅުން ކަންކަން ކުރައްވަން އުޅުއްވުމުން އެއާ ދެކޮޅަށް ބައެއް މިނިސްޓްރީތަކުގެ ސިވިލް ސާވިސް މުވައްޒަފުން ތެދުވެފައި ވެސް އެބަ ހުއްޓެވެ. އެކަމަކު ސިވިލް ސާވިސް މުވައްޒަފުންނަށް ގޮންޖައްސަވައި، ބައެއް ހާލަތްތަކުގައި އެފަދަ ލިޔުންތަކުގައި ސިޔާސީ ބޭފުޅުން ސޮއިކުރައްވާ ކަމަށްވެ އެވެ.

"މާލިއްޔަތު ގާނޫނުގައި، ދައުލަތުގެ ފައިސާ ބޭނުންކޮށް، އެކިއެކި މަޝްރޫއުތަކަށް ފައިސާ ދޫކުރެވެން މި ހުންނަނީ ވަކި ހަމަތަކެއްގެ ތެރެއިން. އެކަމަކު އެއާ ހިލާފަށް ކަމެއް ކުރަން މިނިސްޓަރަކު އަންގަވައިފި ނަމަ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ހުރޭ ބައެއް އެއްޗެހީގައި ސޮއިނުކޮށް ހިފަހައްޓާފައި. އެފަދަ ހާލަތްތަކުގައި މިނިސްޓަރުގެ އިންޒާރު ވެސް އައިސްފައި އެބަހުރި. އެކަހަލަ ކަންކަން އެ އޮފީހެއްގެ ޕީއެސްގެ ބޮލުގައި އެބަ އެޅޭ،" ކުރީގެ ޕީއެސް ވިދާޅުވި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފަކު ވެލާނާގޭ އިމާރާތުން ނުކުންނަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ސިވިލް ސާވިސްގެ މުވައްޒަފަކު ވެލާނާގޭ އިމާރާތުން ނުކުންނަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

ކޮންމެ މިނިސްޓްރީއެއްގައި ހުންނަ ޕާމަނަންޓް ސެކްރެޓަރީ އަކީ އެ މިނިސްޓްރީއެއްގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ އިސް ވެރިޔާ އެވެ. އެކަމަކު އޭނާ ވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވަނީ ގާނޫނީ ގޮތުން ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އެއިރެއްގައި އޮންނަ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް ކުރުމަކީ ގާނޫނުގައިވާ ގޮތުން ނަމަ، ޕީއެސްގެ އެންމެ އިސް އެއް ޒިންމާ އެވެ. އެ ސިޔާސަތުތަކާ ޕީއެސްއަކަށް ދެކޮޅެއް ނުހެދޭނެ އެވެ. މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި މިނިސްޓަރަށް ލަފާދިނުމާއި ރައްޔިތުންގެ މަޖިލިހަށް މިނިސްޓަރު ޖަވާބުދާރީވާން ޖެހޭ ހާލަތުގައި އެކަމަށް އެހީތެރިވުމަކީ ވެސް ޕީއެސްގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން އެ މިނިސްޓްރީއެއްގެ ސިވިލް ސާވިސް މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ ވެސް ޕީއެސް އެވެ.

ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ސިވިލް ސާވިސް ގާނޫނާއި އުސޫލުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ.

ޕާމަނަންޓް ސެކްރެޓަރީންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ސިވިލް ސާވިސް ގާނޫނާއި އުސޫލުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ.

"ސިޔާސީ ގޮތުން ކުރާ އަމުރުތަކެއް ކަމަށް ބަލާފައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި އެ ބޭފުޅުންނަށް [ޕާމަނަންޓް ސެކެޓްރީން] ވަރަށް އުނދަގޫވޭ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން،" މެމްބަރު ލަތީފް

ގާނޫނު އަދި ޕީއެސްއިން އަމަލުކުރަން ޖެހޭ ގަވައިދު އެއްކޮޅުން އަނެއްކޮޅަށް ކިޔާލާއިރު ވެސް ފެންނަ އެއް ކަމަކީ، އެމީހުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، އަދި މިނިސްޓަރުންނާ އެންމެ ގާތުން މަސައްކަތް ކުރަން ޖެހޭ އެއް ބައެއް ކަމެވެ. ނަމަވެސް ބައެއް ޕީއެސްއިންނާ މެދު ސަރުކާރުން ހިތްހަމަނުޖެހިގެން އުޅޭ ނަމަ އެއީ ސީރިއަސް މައްސަލައެކެވެ. އެފަދަ ހިތްހަމަނުޖެހުން އުޅޭ ނަމަ، އެފަދަ ޕީއެސްއިން ވަކިކުރެވެނޭ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވެއްޖެ ނަމަ އެކަން ކުރެވޭނެ އެވެ.

ކަން މިހެން އޮތް އިރު، ކޮންމެހެން މިނިސްޓަރުގެ ރުހުން ލިބިގެން ނޫން ގޮތަކަށް ޕީއެސްއިން އައްޔަން ނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ހުރިހާ ކަމެއްގެ ހައްލު ހެއްޔެވެ؟ މީގެ ނަތީޖާއަކީ ކޮބައި ބާވަ އެވެ؟

ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: އެ މިނިސްޓްރީގައި ޕީއެސްއަކު ނެތި ދުވަސްތަކެއް ވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު ހަމަނުޖެއްސިގެން އުޅެނީ މިނިސްޓަރު ރުހުން އޮތް ބޭފުޅަކު ނެތިގެން ކަމަށްވޭ.---މިހާރު ފޮޓޯ

ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން: އެ މިނިސްޓްރީގައި ޕީއެސްއަކު ނެތި ދުވަސްތަކެއް ވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު ހަމަނުޖެއްސިގެން އުޅެނީ މިނިސްޓަރު ރުހުން އޮތް ބޭފުޅަކު ނެތިގެން ކަމަށްވޭ.---މިހާރު ފޮޓޯ

"މިހާރު ވެސް ފިނޭންސް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ނުލެވިގެން އެ އުޅެނީ މިނިސްޓަރުގެ ރުހުން ނުލިބިގެން. މިނިސްޓަރު ބޭނުންވާ ބޭފުޅަކު ނުލިބިގެން. މިހެން މިނިސްޓަރު ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީއަކު ނުލިބި، ގިނަ ދުވަސް ވުމަކީ އެ މިނިސްޓްރީއެއްގެ މަސައްކަތް ފުނިޖެހި، ކަންކަން ބޮއްސުންލާނެ ކަމެއް. ސިވިލް ސާވިސް މުވައްޒަފުންނާ ގުޅޭ އެތައް ކަމެއް ޕެންޑިންގައި ހުންނާނެ،" ޕީއެސް އިން އައްޔަން ކުރުމުގައި މިހާރު ވެސް މިނިސްޓަރުންގެ ލަފާ ސީއެސްސީން ހޯދާކަން ބަޔާންކޮށްދިނުމުގެ ގޮތުން ސިވިލް ސާވިސްގެ އިސް މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ބައެއް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން

ބައެއް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން

އޭނާ އެ ވިދާޅުވާ ގޮތުން ނަމަ މިނިސްޓަރުގެ ރުހުމާ އެކު ނޫން ގޮތަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ނުކުރުމަކީ މިހާރު ވެސް ސީއެސްސީން ކުރާ ކަމެކެވެ. ގާނޫނުގައި ނުލިޔެ އޮތަސް، ޓެކްނިކަލީ ކޮންމެވެސް ސިފައެއްގައި އެގޮތަށް އަމަލުކުރެ އެވެ.

"މިހާރު ތަފާތަކީ ގާނޫނުގައި އެހެން ލިޔެލުން. އޭރުން އެ އަށް އަމަލުކުރުން މަޖުބޫރުވީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރުގެ ރުހުން ނެތި ޕީއެސް އައްޔަން ނުކުރެވޭ ގޮތަށް ގާނޫނުގައި ލިޔުމަކީ އޭގެ ދެކޮޅު ވެސް އޮތް ކަމެއް ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ސިވިލް ސާވިސްގައި މަސައްކަތްކުރައްވާ ބައެއް އިސް ވެރިން ވިދާޅުވެ އެވެ.

ގާނޫނަށް އެ ބަދަލު ގެނެސްފި ނަމަ، ކުރިމަތިވާނެ އެއް ކަމަކީ އެބޭފުޅުން ވިދާޅުވާ ގޮތުގައި، ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު، ޕާމަނަންޓް ސެކްރެޓަރީންނަށް ވުމުގެ މަގުފަހިވުމެވެ. އޭރުން މުޅި މިނިސްޓްރީ ބޮއްސުންލައި، ގާނޫނާއި ގަވައިދުތަކުގެ ބޭރުން، ސިޔާސީ މީހުން ބޭނުން ގޮތަކަށް ކަންކަން ހިނގައިދާނެ އެވެ. މިހާރު ވެސް މިފަދަ ކަންކަން ކުރިމަތިވާއިރު، އެކަންކަމާ ދެކޮޅަށް ކިތަންމެ ހަނި ފުރުސަތަކުން ޖާގަ ހޯދައިގެން ބަސް ބުނެލައި، ސިވިލް ސާވިސްގެ މުވައްޒަފުންގެ ދިފާއުގައި ނުކުންނާނެ ޕީއެސްއަކު ވެސް އޭރަކުން ނުހުންނާނެ އެވެ.

"ސިޔާސީ ބޭފުޅުންނަކީ މާދަމާ ވެސް މިނިސްޓްރީން ވަކިވެގެންދާނެ ބައެއް. ސަރުކާރު ބަދަލުވާއިރަށް ނޫނީ އެހެން ހާލަތެއްގައި ވެސް ސިޔާސީ ބޭފުޅުން ވަކިވެގެން ހިނގައިދާނެ. އެކަމަކު ސިވިލް ސާވިސް މުވައްޒަފުން ތިބޭނެ. އެއްކަލަ ނުގަވައިދުން އެއްޗެއްގައި ސޮއިކުރަން ހުއްދަ ދިން ޕީއެސް ނުވަތަ ސިވިލް ސާވިސް މުވައްޒަފު އެ އޮފީހުގައި ހުންނާނެ. ފަހުން ފިޔަވަޅު އަޅާނީ އޭނާގެ މައްޗަށް. މި ބިރުގައި ބައެއް ސިވިލް ސާވިސް މުވައްޒަފުން އުޅެނީ،" ސިވިލް ސާވިސްގެ އެހެން މުވައްޒަފަކު ބުންޏެވެ.

ނަމަވެސް އެއާ ހިލާފު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެ މިނިސްޓްރީއެއްގެ މިނިސްޓަރާ ނުގުޅޭ ޕީއެސްއަކު ހުރެއްޖެ ނަމަ، ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ މިނިސްޓަރަށް ދަތިކުރުމަށް ކަންތައް ނުކުރާނެ ހެއްޔެވެ؟ ސަރުކާރުގެ ބައެއް ސިޔާސަތުތައް ތަންފީޒު ކުރަން ހުރަސް ނާޅާނެ ހެއްޔެވެ؟

"މިހާރު ވެސް ފިނޭންސް މިނިސްޓްރީ އާއި ޖެންޑަ މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ނުލެވިގެން އެ އުޅެނީ މިނިސްޓަރުގެ ރުހުން ނުލިބިގެން. މިނިސްޓަރު ބޭނުންވާ ބޭފުޅަކު ނުލިބިގެން. މިހެން މިނިސްޓަރު ބޭނުންވާ ޕާމަނަންޓް ސެކްރެޓަރީއަކު ނުލިބި، ގިނަ ދުވަސްވުމަކީ އެ މިނިސްޓްރީއެއްގެ މަސައްކަތް ފުނިޖެހި، ކަންކަން ބޮއްސުންލާނެ ކަމެއް.

މިހާރު ވެސް ޕީއެސްގެ މަގާމުގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ މިނިސްޓަރުގެ ރުހުން އޮތް ޕީއެސްއަކު އެ މިނިސްޓްރީއެއްގައި ހުރުމަކީ، މިނިސްޓަރަށް ވެސް އަދި މުވައްޒަފުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.

"ސަބަބަކީ އަބަދުވެސް އެނގޭނެ އެ ޕީއެސްއަކު އަމަލުކުރާނީ މިނިސްޓަރު ބޭނުންވާ ގޮތަށް ކަން. ހިތްހަމަނުޖެހުމެއް ނޯންނާނެ. މާ ބޮޑު ޝަކުވާއެއް ވެސް ނޯންނާނެ. މިނިސްޓަރަށް އިތުބާރު އޮންނާނެ ޕީއެސްއާ މެދު. އަނެއްކާ އެ މިނިސްޓްރީއެއްގެ ހިންގުން ވެސް އަވަސް ވެފައި ފަސޭހަވާނެ. އެހެންވީމާ މީގައި އެންމެ ރަނގަޅު ގޮތަކީ މިނިސްޓަރުގެ ރުހުމާ އެކު ޕީއެސްއަކު އައްޔަންކުރުން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މިނިސްޓަރުގެ ރުހުން އޮތް ޕީއެސްއަކު ހުރުމުގެ އެއް ބިރަކީ، ގާނޫނަށް މި ގެންނަން އުޅޭ އިސްލާހުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާފާނެތީ އެވެ. ސިޔާސީ ގޮތުން ވަކި ފިކުރަކަށް ހުސްވެ، "ހައްދުން ނައްޓާފައި" ތިބޭ މީހުން ޕީއެސްގެ މަގާމަށް އަތުވެދާނެތީ އެވެ. އަދި މިނިސްޓަރު ބޭނުންވާއިރަށް ވަކިކުރެވޭ މަގާމަކަށް ޕީއެސްގެ މަގާމުވެ، ސީއެސްސީގެ ބާރު ކެނޑިދާނެތީ އެވެ. މިނިސްޓަރުގެ ރުހުން ނުލިބޭ ބަޔަކު ޕީއެސްގެ މަގާމަށް ކުރިމަތިލުމުން، އެ މަގާމަށް މީހަކު އައްޔަން ނުކޮށް، އެތައް ދުވަހެއް ފާއިތުވެ، މައްސަލަތައް ފުނިޖެހޭނެތީ އެވެ. ދިވެހި ސިވިލް ސާވިސް އަކީ މިނިވަން ބައެއް ކަމަށް ގާނޫނުގައި އޮތް އޮތުމަށް ނިމުން އަތުވެދާނެތީ އެވެ.