Roadha Mihaaru
ހަނގުރާމަޔަށް ދިޔަ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ

ހަނގުރާމައިގެ ސަރަހައްދުން ގެނައި މީހުންގެ އެސެސްމަންޓް ހެދުމަށް ފަހު އަޅަންޖެހޭ ގާނޫނީ ފިޔަވަޅެއް އަޅާނެ: އިހްސާން

16 ޖެނުއަރީ 2024

ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިއްބާ ރާއްޖެ ގެންނައި ދިވެހިންގެ ތެރެއިން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިއްބާ ރާއްޖެ ގެންނައި ދިވެހިންގެ ތެރެއިން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ހަ މީހަކާއި 15 ކުޑަ ކުއްޖެކެވެ. އެ މީހުން ސަރުކާރުގެ އެހީގައި ރާއްޖެ ގެނައުމަށްފަހު އެ މީހުން މިހާރު ތިބީ ރިހެބިލިޓޭޝަން ސެންޓަރުގެ ބެލުމުގެ ދަށުގަ އެވެ.

ހޯމް ލޭންޑް ސެކިއުރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމަށެވެ. އެހެންވެ، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދެންނެވި އެސެސްމަންޓްތައް ހަދާފައި އަޅުގަނޑުމެން ބަލަން އެކަންކަން. އެފަދަ ކަންކަމުގައި ބައިވެރިވެފައި ހުރިތޯ އެއީ އަޅުގަނޑުމެން ބަލާ ކަންކަން. އެކަންކަމާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން ވަގުތުން އަޅާނަން." އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ގިނަ ދިވެހިން ހަނގުރާމައަށް ދަނީ އާއިލާގެ ކޮންމެވެސް އެކަކުގެ ނުފޫޒުން ކަމަށް ފާހަގަވާ ކަމަށެވެ. އެހެންވެ، ގިނަ ފަހަރު ހަނގުރާމައަށް ދާ އާއިލާތައް އެތަނަށް ދަނީ ދުރާލާ އެނގިގެން ނޫން ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އޮތީ ކުރިން ކަނޑައަޅުއްވައިފަ އެވެ.