03 އޮކްޓޯބަރ 2022
ޓެރަރިސްޓް ޖަމާއަތްތަކާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ނެތި، އަނެއްކާވެސް އާންމުކޮށްފި އެވެ.
ޓެރަރިސްޓް ޖަމާއަތްތަކާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ނެތި، އަނެއްކާވެސް އާންމުކޮށްފި އެވެ.
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ކޮންމެ އަހަރަކު އެއްފަހަރު ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވަންޖެހެ އެވެ. އެ ލިސްޓުގައި މިހާތަނަށް އޮތީ 19 ޓެރަރިސްޓް ޖަމާއަތެކެވެ.
އޭގެ ތެރޭގައި އަލްގައިދާ އާއި އިސްލާމިކް ސްޓޭޓް ފަދަ ޖަމާއަތްތައް ހިމެނެ އެވެ. އަދި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތީ ސީރިއާ އެވެ. އެ ލިސްޓު މިއަހަރަށް މުރާޖައާކޮށް، އިއްޔެ ނެރުނުއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
އެ ލިސްޓުގައި އޮންނަ އެއްވެސް ޖަމާއަތަކަށް ތާއީދު ކުރުމާއި އެއިން ޖަމާއަތެއްގެ މެމްބަރަކަށް ވުމާއި އެފަދަ ޖަމާއަތެއްގެ ރަމްޒެއް ނުވަތަ ލިޔުމެއް ގެންގުޅުމަކީ ވެސް ކުށެކެވެ.
ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތުމުން ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް ސީރިއާގެ އެއްވެސް ސަރަހައްދަކަށް އެއްވެސް ބޭނުމެއްގައި ދިވެހިން ދަތުރު ކުރުމަކީ ގާނޫނުގެ ދަށުން އަދަބު ލިބޭ ކުށެކެވެ. އެއީ ހަނގުރާމައިގައި ބައިވެރި ނުވިޔަސް މެ އެވެ.
ޓެރަރިސްޓް ލިސްޓަށް ބަދަލެއް ނެތް، ސީރިއާއަށް ނުދެވޭނެ
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އޮތްގޮތަށް ދަމަހައްޓަނީ
ސީރިއާގައި ތިބި ދިވެހިން ގެންނަން ކަންކަން އެބަ ބަލާ
ހަނގުރާމައަށް ދިވެހިން ފޮނުވާ މީހަކު ހައްޔަރުކޮށްފި
ހަނގުރާމައަށް ދިޔަ ދިވެއްސަކު އެނބުރި އައިސް މާލޭގައި
ހަނގުރާމަޔަށް ދިޔަ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ
ޓެރަރިޒަމަށް އެހީވާ ލިސްޓާ ގުޅިގެން އިތުރުކަމެއް ނުބަލާ
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ އެސެސްމަންޓެއް ހަދަނީ
ހައި ކޯޓުން ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ބަންދަށް
އާއިލާގެ އެސެސްމަންޓް ހަދައި،ތަހުގީގު ހިންގޭނެތޯ ބަލަނީ