Roadha Mihaaru
"ސަރުކާރުން ކައުންސިލްގެ މަސައްކަތަށް އަތެއްނުބާނާ"

ރައީސް އޮފީހުން ކައުންސިލްގެ މަސައްކަތަށް އަތެއްނުބާނާ: ނަރީޝް

18 ޖެނުއަރީ 2024

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ނިންމުން އަވަސް ކުރަން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ނިންމީ ސަރުކާރުން ކައުންސިލްގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ނޫން ކަމަށް އެކްޓިން މޭޔަރު އަހުމަދު ނަރީޝް ރޭ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ނިންމުން އަވަސް ކުރަން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ނިންމީ ސަރުކާރުން ކައުންސިލްގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިގެން ނޫން ކަމަށް އެކްޓިން މޭޔަރު އަހުމަދު ނަރީޝް ރޭ ވިދާޅުވެއްޖެ އެވެ.

އިއްޔެ ކައުންސިލުން ނިންމައިފައި އޮތީ 100 މިލިއަން ރުފިޔާ އަށް ވުރެ އަގު ބޮޑު ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލު ކުރުމަށެވެ. ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ އަލުން އެ ޕްރޮޖެކްޓުތައް ކައުންސިލަށް ބަދަލުވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން އިންތިހާބީ މޭޔަރު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ގޮވައިލައްވާފަ އެވެ. އާޒިމްގެ އިތުރުން ވެސް އެމްޑީޕީގެ އިސް ބޭފުޅުން މިކަމާ ގުޅިގެން ކައުންސިލާއި ސަރުކާރަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވަނިކޮށް، އިއްޔެގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ނަރީޝް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި ކައުންސިލުން އެގޮތަށް ނިންމީ ކައުންސިލް ފްލޯ އަށް ހުށަހަޅައި މަޝްވަރާކޮށް، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިޔަތުން އެގޮތަށް ބޭނުންވީމަ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ނަރީޝް ވިދާޅުވި އެވެ.

ސަރުކާރާ ހަވާލުކުރި މަޝްރޫއުތައް:

- ވިލިމާލޭގެ ކޮމާޝަލް ބިލްޑިން.

- މާލޭ ހޯލްސޭލް ސެންޓަރު.

- މާލެ މިކްސްޑް ލޯކަލް މާރުކޭޓް.

- 14 ޕާކިން ބިލްޑިންގް.

- މާލެ ސިޓީ ކައުންސިލް އޮފީސް ބިލްޑިން.

- ވިލިމާލެ އައުޓްޑޯ ކުޑަކުދިންގެ ޕާކް.

- ވިލިމާލޭގައި 500 ހައުސިން ޔުނިޓް.

- ސިނަމާލެ ފްލެޓްތަކުގެ ރީޑިވެލޮޕްމެންޓް މަޝްރޫއު.

- ވިލިމާލޭގެ އަންހެނުންގެ މާރުކޭޓް އަދި ފުޓްސަލް ކޯޓު.

- މާލެ ފެސިލިޓީސް އަޕްގްރޭޑް ޕްރޮޖެކްޓް.

އެ މަޝްރޫއުތައް ނިންމަންޖެހޭ މުއްދަތުތަކާއި ޕްރޮގްރެސް ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް ވެސް ސިޓީ ކައުންސިލުން ވަނީ އެކުލަވާލައިފަ އެވެ.

ނަރީޝް އެހެން ވިދާޅުވި ނަމަވެސް، ކައުންސިލުން ކުއްލި ގޮތަކަށް މި ނިންމުން ނިންމީ މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިހާބުވެފައި ވަނިކޮށް އަދި އޭނާގެ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ދަނޑިވަޅެއްގަ އެވެ.

މަޝްރޫއުތައް ސަރުކާރަށް ބަދަލުކުރަން ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުއްވީ އެ ޕްރޮޖެކްޓްތަކުގައި ކައުންސިލްގެ ފަރާތުން އޭރު މަސައްކަތް ކުރެއްވި މުހައްމަދު ޝާހިދެވެ. ކައުންސިލްގެ ބައްދަލުވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިއިރު އެއީ ރައީސް އޮފީހުގެ މިނިސްޓަރުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ބޭފުޅެކެވެ. ޝަހީދުގެ ހުށަހެޅުމަށް ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ތާއީދުކުރެއްވި އެވެ. އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.