Roadha Mihaaru
ލަންކާ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީއަކަށް ސީޒަން

ލަންކާ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީއަކަށް ފިލްމީތަރި ސީޒަން!

18 ޖެނުއަރީ 2024

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓްރީއަކަށް ފިލްމީ ތަރި އަލީ ސީޒަން ހަމަޖައްސައިފި އެވެ.

ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓްރީއަކަށް ފިލްމީ ތަރި އަލީ ސީޒަން ހަމަޖައްސައިފި އެވެ.

ސީޒަން އަށް އެ މަގާމު ދީފައިވާކަން ސަރުކާރުގެ އޮފިޝަލަކު މިއަދު ޔަގީންކޮށްދެއްވި އެވެ.

ފަސްޓް ސެކްރެޓަރީއަކީ ހައި ކޮމިޝަނަރާއި ޑެޕިއުޓީ ހައި ކޮމިޝަނަރު ފިޔަވައި ހައި ކޮމިޝަންތަކުގައި ތިންވަނަ އަށް އެންމެ އިސް މަގާމެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާ ސީޒަން ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރަށްރަށަށް ގޮސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކޮށްފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނަގައި ސިޔާސީ މައިދާނަށް ނުކުންނަން ނިންމައިފަ އެވެ.

ސީޒަން އޭރު އިއުލާން ކުރީ ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލާށެވެ. ނަމަވެސް، އޭނާ އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ނުކުރަން ސީޒަން ނިންމީ ތުލުސްދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ނަސީރު ޕީއެންސީއާ ގުޅިވަޑައިގަތް ފަހުންނެވެ.