Roadha Mihaaru
ފުވައްމުލަކުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް

ފުވައްމުލަކު އެކްސިޓެންޑުގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް

21 ޖެނުއަރީ 2024

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ޒުވާނާ، އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ޒުވާނާ، އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެ ހާދިސާއާ ގުޅިގެން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ. އެކަމަކު، އިތުރު ފަރުވާއަށް ރޭ ދަންވަރު ވަނީ މޯލްޑިވިއަން އެއާލައިންގެ ބޯޓެއްގައި މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗުން ބުނީ، ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު 30 އަހަރުގެ ފިރިހެން މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ވަރަސް ސީރިއަސް ކަމަށް ކަށަވަރު ކޮށްދެއްވިއަސް، ލިބުނު ޒަހަމްތަކުގެ މައުލޫމާތެއް އައިޖީއެމްއެޗުން ނުދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޮޑުފަންނު މަގުގައި އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކުރީ ރޭގެ 10:15 ހާއިރު ކަމަށެވެ. އެއީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.