Roadha Mihaaru
ފުވައްމުލަކު އެކްސިޑެންޓު: އެކަކު އަދިވެސް އައިސީޔޫގައި

ފުވައްމުލަކުގައި ހިނގި ދެ އެކްސިޑެންޓު: އެކަކު އަދިވެސް އައިސީޔޫގައި

04 އެޕްރީލް 2024

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފުވަމުލަކުގައި މި މަސް ތެރޭ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ދޫނޑިގަން އަވަށުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓުވި އެވެ.

އެ ހާދިސާގައި އަނިޔާވި އުމުރުން 33 އަހަރުގެ މީހާ ހާލު ސީރިއަސްވެ، އިތުރު ފަރުވާ އަށް ވަނީ މާލެ ގެނެސްފަ އެވެ. އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި އޭނާ އަދިވެސް އޮތީ އައިސީޔޫގަ އެވެ.

ޖެހިގެން އައި ރޭ ސައިކަލެއް ކޮންޓްރޯލް ނުވެ އެކްސްކަވޭޓަރަކަށް ވަނީ އަރައިފަ އެވެ.

އެ ހާދިސާގައި އަނިޔާވި އުމުރުން 27 އަހަރުގެ މީހާ އަށް ފަރުވާ ދިނުމަށް ފަހު، މިހާރު ވޯޑަށް ބަދަލު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިދިޔަ ދުވަސްތަކުގައި މާލޭގައި ވެސް ގިނަ އަދަދެއްގެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގި އެވެ.