މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
22 ޖެނުއަރީ 2024
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ؛
1. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
2. ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
3. ކުށެއް ކުރަން އެދުމުގެ ދައުވާ
4. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
5. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
6. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
މާނުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވިއިރު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރިއިރު ވެސް ބޮޑެތި ތުހުމަތުތަކަކާ އެކު މައްސަލަތަކެއް އޮތީ އޭސީސީއަށް ހުށަހަޅައިފަ އެވެ.
އެ ތުހުމަތުތައް އޭރު މާނު ވަނީ ދޮގުކޮށްފަ އެވެ.
އޭސީސީން ބުނީ ދައުވާކުރަން ފޮނުވި މައްސަލައަކީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް ބެލި މައްސަލައެއް ކަމަށެވެ. އެ ތަހުގީގުން، ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ މާނުއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާގެ އާއިލީ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
މާނު ރާއްޖެއިން ފުރުން މަނާކޮށް މައްސަލަ ތަހުގީގުކުރަނީ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާކޮށްފި
ގޭސް މާނުއާ ގުޅޭ މައްސަލަތަކުގައި އޭސީސީން ޕީޖީ އަށް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
މަތިމަރަދޫ ފެނަކަ އޮފީހުގެ ވެރިއެއްގެ މައްސަލަ ޕީޖީއަށް