މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
22 ޖެނުއަރީ 2024
މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރާއި ކައުންސިލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުންދިޔަ ނަމަވެސް ކުރީ ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލުނުކުރާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން، އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ފޮނުއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
"އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މީގެ ކުރިން އެ ފިހާރަތަކަށް ލިބުނު ފައިސާ ހަވާލުނުކޮށް މިހާރު ވެސް އެބަހުރި ކަމަށާއި އެ ފައިސާ ދެފުށް ފެންނަ ގޮތެއްގައި ހަވާލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން 2022 ވަނަ އަހަރު ނިންމި އެވެ. އޭގެ ކުރިން ކައުންސިލްތަކަށް ޖަމާ ކުރަމުން އައީ އަތޮޅު ފިހާރައިން ލިބޭ ކުލީގެ 50 ޕަސެންޓެވެ.
އެ ބަދަލު ގެނައުމުގެ ކުރިން ލިބިފައި ހުރި ފައިސާ ވެސް 2014 ވަނަ އަހަރުން ފެށިގެން ހުރީ ޖަމާނުކޮށް ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އެ ފައިސާ އަތޮޅު ކައުންސިލްތަކަށް ޖަމާ ކޮށްދެއްވަމުންދާ ކަމަށް ވެސް އޭރު ވިދާޅުވި އެވެ.
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
"މަރާމާތުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުން"
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ
ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ: ރައީސް