Roadha Mihaaru
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު

ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު

25 ޖެނުއަރީ 2024

ނ. މަނަދޫގައި މިދިޔަ އަހަރު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މަނަދޫގައި މިދިޔަ އަހަރު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށް ފަހު ކެންސަލްކޮށްފި އެވެ.

ނައީމާ ދިރިއުޅޭ ގޭގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރެ އެވެ.

އޭގެ ތެރެއިން ރިފާސް އާއި ފަވާޒްގެ ޝަރީއަތް މިއަދު ފަށަން ހަމަޖެއްސުމަށްފަހު ތާވަލްކުރީ ކަރެކްޝަންސްއިން މީހުން އުފުލުމަށް ބޭނުންކުރާ ލޯންޗް ހަލާކުވެ، އެ މީހުން މާލެ ނުގެނެވޭތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނައީމާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ.