22 ސެޕްޓެމްބަރ 2024
ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލައިގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާ ކަމަށްވާ އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދިއްޖެ އެވެ.
ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލައިގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ ބައިނަލްއަގްވާމީ ފުލުހުންގެ ޖަމްއިއްޔާ ކަމަށްވާ އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދިއްޖެ އެވެ.
އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ތިބި ތަނެއްގެ މައުލޫމާތު ހޯދަމުންދާ ކަމަށް ދައުލަތުން ކުރިން ކޯޓަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އަންގާފައި ނެތުމުން އެކަމާ ބެހޭގޮތުން ގާޒީ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށާއި ނަމަވެސް އެ މީހުން މިވަގުތު ތިބި ތަނެއް ނޭނގޭތީ މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތެއް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.
ގާޒީ އިހްސާން ވިދާޅުވީ އެ މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންވެ، ހެކިން ހާޒިރުކުރަން މުއްދަތެއް ނެތް ގޮތަށް ފުރުސަތެއް ނުދެވޭނެ ކަމަށާއި އެހެންކަމުން އަންނަ މަހުގެ ކުރީކޮޅު އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ހޯދުމަށްފަހު އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހްސާން ވިދާޅުވި އެވެ.
އެ މައްސަލާގައި އިތުރު މީހެއްގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ. އެއީ އެ ހާދިސާ ހިނގިއިރު ޖަޔަލަތުއާ އެކު ރިސޯޓްގައި އުޅުނު މީހެކެވެ.
މީގެ އިތުރުން ފުލުހަކާއި މެޑިކޯ ލީގަލް ރިޕޯޓް ހެދި މީހާގެ ހެކިބަސް ވެސް އަދި ނުނިމި އެބައޮތެވެ.
އެ މައްސަލާގައި، ރާއްޖެއިން ބޭރުގައި ތިބި ހެކިވެރިން ހޯދަން އިންޓަޕޯލްގެ އެހީއަށް އެދުނުއިރު، މިއީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ހެކިވެރިންތަކެއް ހޯދަން އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އިންޓަޕޯލްގެ އެހީއަށް ރާއްޖެއިން އެދިފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ވީނުވީ ނޭނގި ގެއްލިފައިވާ މީހުން ހޯދުމަށެވެ.
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
މޭރީގެ މަރު: ދައުވާ ބަދަލުކުރުމުން ހެކިބަސް ފަސްކޮށްފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް