މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓެލްކޯ އިން ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ކ. ހިންމަފުށީގެ ބައެއް ގޭގެ އިން ކަރަންޓު ބިލަށް ފައިސާ ނުދައްކާތީ އޭގެ ތެރެއިން ބައެއް ގޭގޭގެ ކަރަންޓު ބިލަށް ލައްކައެއްހާ ރުފިޔާ އަރައިފި އެވެ.
15 ފެބުރުއަރީ 2017
މީގެ އަހަރެއްހާ ދުވަސް ކުރިން ސްޓެލްކޯ އިން ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ކ. ހިންމަފުށީގެ ބައެއް ގޭގެ އިން ކަރަންޓު ބިލަށް ފައިސާ ނުދައްކާތީ އޭގެ ތެރެއިން ބައެއް ގޭގޭގެ ކަރަންޓު ބިލަށް ލައްކައެއްހާ ރުފިޔާ އަރައިފި އެވެ.
މީގެ ކުރިން ޔުނިޓަކަށް ދެ ރުފިޔާ ނަގަމުން އައިސް މިދިޔަ އަހަރުގެ ތެރޭގައި ސްޓެލްކޯ އިން ވަނީ އެ ރޭޓު ފަސް ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ހިންމަފުށީ މީހުން ކަރަންޓު ބިލް ދައްކަން ދެކޮޅު ހެދީ މާލޭގެ ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް ނުގެނެސް ރަށްރަށުގެ ކަރަންޓުގެ އަގު މަތި ކުރުމުންނެވެ. މިކަމާ ހިތް ހަމަނުޖެހި މުޒާހަރާ ކުރުމަށް ފަހު އެ ރަށުގެ ގިނަ ބަޔަކު ނިންމީ ކަރަންޓު ބިލް ނުދެއްކުމަށެވެ.
ހިންމަފުށީ ކައުންސިލް މެމްބަރު އަހުމަދު ހަމީދު ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުކުރުމުން ހިތްހަމަނުޖެހިގެން ބައެއް ގެތަކުން ކަރަންޓު ބިލް ނުދައްކާތާ މިހާރު އަހަރެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި ފަހުން ބިލް ނުދެއްކުނީ އަގު މާ މައްޗަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލް ނުދެއްކިޔަސް ކަނޑައެއް ނުލާ. އެހެންވެ، ބިލް ނުދައްކާ ހުރެ ގިނަ ދުވަސްވެ، އަތް ނުފޯރާ ފަށަށް ބިލްތައް އެރީ. ބައެއް ގެތަކުގެ ބިލަށް ލައްކައެއްހާ ރުފިޔާ އަރާއިރު 80،000 ރުފިޔާ ވެސް ބިލަށް އަރާފައި އެބަހުރި،" ހަމީދު ވިދާޅުވި އެވެ.
ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިދިޔަ ހޯމަދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ޝާން ވާހަކަ ދައްކަވަނީ: ކަރަންޓުގެ މައްސަލަ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނެވި---ފޮޓޯ: ރައީސް އޮފީސް
ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ ބައެއް ގެތަކުގެ ކަރަންޓު ބިލްތައް އަތް ނުފޯރާ ފަށަށް އެރީ މީހުންނަށް ލިބޭ އާމްދަނީ އަށް ވުރެ ކަރަންޓުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި މިހާރު އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ ކުރިން ދިން ވަރަށް ވުރެ 60 ޕަސެންޓް ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާން ވިދާޅުވީ އާއްމުންނަށް ނުދެއްކިފައިވާ ބިލްތައް ފަސޭހަ ގޮތަކަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސްޓެލްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ހިންމަފުއްޓަށް ދިމާވެފައިވާ މި މައްސަލަ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިދިޔަ ހޯމަދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: އެ ރަށަށް ކަރަންޓުގެ މައްސަލާގައި "އާދަޔާ ޚިލާފު ތަކުލީފެއް" އުފުލަން ޖެހިގެން އުޅެނީ ކީއްވެގެންތޯ ބައްލަވަން ބޭނުންފުޅު ކަމަށް ރައީސް ޔާމީން އެ ދުވަހު ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ހިންމަފުށީގެ ކަރަންޓުގެ މައްސަލަ އެނާޖީ މިނިސްޓްރީ އާއި އެނާޖީ އޮތޯރިޓީ އަށް ދޭހަވާ މިންވަރަށް ގެންގޮސްދޭން ރަށުގެ ކައުންސިލްގައި އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހިންމަފުއްޓަށް ކަރަންޓުގެ މައްސަލާގައި "އާދަޔާ ޚިލާފު ތަކުލީފެއް" އުފުލަން ޖެހިގެން އުޅެނީ ކީއްވެގެންތޯ ބައްލަވަން ބޭނުންފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިދިޔަ ހޯމަދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އާންމުން: ހިންމަފުށީގެ ބައެއް ގޭގޭ ގެ ކަރަންޓު ބިލަށް ވަނީ އެއް ލައްކަ ރުފިޔާ އަރާފައި.---ފޮޓޯ: ރައީސް އޮފީސް
ޝާން ވިދާޅުވީ ރައީސްގެ މި އިޝާރާތާ ގުޅިގެން، ކައުންސިލްގެ ޓީމެއް ސަރުކާރުގެ އިދާރާތަކާ ބައްދަލުކުރުމަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ ކޮންމެވެސް ރަނގަޅު ގޮތެއް ހަމަޖެހޭނެ ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
12 ރަށެއްގެ މަގުބައްތި ބެލެހެއްޓުން ސްޓެލްކޯ އަށް
ދެ ބިލް ފޮނުވީ ރޯދައިގެ ކަރަންޓަށް ޑިސްކައުންޓު ދޭން
ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި އަދަދު ދަށަށް!
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
މައްސަލައެއް ދިމާވެ މާލޭން ކަރަންޓު ކެނޑިއްޖެ
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ހުޅުމާލެ 2 ގެ ބޮޑު ބަޔަކަށް އަލުން ކަރަންޓު ދީފި
ޓްރާންސްފޯމަރުތައް މޮނިޓާކުރަން ސީސީޓީވީ ހަރުކުރަނީ
މުވައްޒަފުންނަށް ދިމާވާ ނުރައްކާތައް ބަލާނަން: ފަހުމީ