Roadha Mihaaru
ޕީޖީ ޝަމީމް އަށް ހަމަލާ ދިން ދެ މީހަކު ހައްޔަރުކޮށްފި

ޕީޖީ ޝަމީމް އަށް ހަމަލާ ދިން މައްސަލަ: ދެ މީހަކު ހައްޔަރުކޮށްފި

01 ފެބުރުއަރީ 2024

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލައާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޖީ އަށް ހަމަލާ ދީފައި ވަނީ އޭނާ އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހަކު މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހިޖެހީނުން އޭނާގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ވަނީ ރެނދުލައިފަ އެވެ.

މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އަލީ ޝުޖާއު ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިއަދުގެ މީޑިއާ ބްރީފިންގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޝުޖާއު ވިދާޅުވީ ޕީޖީ އަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. އެކަމަކު، އެކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"މިފަދަ ހަމަލާއެއް ދެވިއްޖެ ކަމަށްވާ ނަމަ އެކަމެއް އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލަމުންދާނެ. އަދި ހަމައެއާއެކު މިކަހަލަ ކަންތައްތަކަށް ހުޅުވިފައިވާ އެއްވެސް ޖާގައަކަށް ފުރުސަތު ނުދޭނަން،" ސީޖީ ވިދާޅުވި އެވެ.

މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ. މި ހަމަލާ ޕީޖީ އަށް ބަޔަކު ދިން ސަބަބު ވެސް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ހަމަ ތަހުގީގު ކުރަން މި ފެށީ. ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވެސް ހޯދަމުންދާނަން. މި މައްސަލައާ ގުޅިގެން ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް އޮތް ކަމަށްވާ ނަމަ ފުލުހުންނާ ހަމައަށް ގެނެސް ދިނުމަށް ދަންނަވަން،" ސީޕީ ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި ހިންގާފައިވާ މިކަހަލަ ކަންތައްތަކަށް ބަލާއިރު މި ހަމަލާގެ ފަހަތުގައި ވެސް އިތުރު ބަޔަކު ތިބުން އެކަށީގެންވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މި މައްސަލާގެ ތަހުގީގުގައި މިހާތަނަށް ބަޔަކާ ސުވާލުކޮށްފައެއް ނުވެ އެވެ.