08 ފެބުރުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމް ކުރިން ވެސް ގުނަމުން އައި ގޮތަށް، މިހާރު ހުސްވެފައިވާ މަޖިލީހުގެ ދާއިރާތަކުގެ ގޮނޑިތައް ވެސް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ނެރެފި އެވެ.
އެ ގޮތަށް އެ ކޯޓުން އެންގީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އެ ކޯޓުން ނެރުނު ވަގުތީ އަމުރުގަ އެވެ.
އެ އަމުރުގައި އަޣުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އިސްލާހުތައް ގެނައުމާ ހަމައަށް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނަމުން އައިސްފައި ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތަށް ކަމަށާއި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަނީ ގާނޫނުއަސާސީގެ 86 މާއްދާގެ ދަށުން ކަމަށެވެ. މަޖިލީހުން ކަންކަން ނިންމަން ޖެހޭ އަދަދު ކަނޑައަޅާފައިވަނީ 87 ވަނަ މާއްދާގަ އެވެ.
ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ގާނޫނުއަސާސީގެ އެ މާއްދާތަކަށް ކަމަށް އަމުރުގައި ވެ އެވެ.
އަމުރުގައި ބުނީ، މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
"..އެހެނީ މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކެން،" އަމުރުގައިވެ އެވެ.
"މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއް."
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ ގާނޫނުއަސާސީގައި ވަކި އަދަދެއް ކަމަށް ކަނޑައަޅާފައި އޮތް ކަމެއް ނޫނެވެ. އޮތީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ޖުމްލަ މެންބަރުން ކަނޑައަޅާނެ އުސޫލެވެ. އެ އުސޫލުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދަކީ 87 އެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.
އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ.
ނަމަވެސް، އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއުގެ ހުށަހެޅުން އައީ މަޖިލީހުގައި ބާކީ އޮތް މުއްދަތަށް، މެންބަރުންގެ އަދަދު ވަކި އުސޫލަކުން ގުނާށެވެ. އެއީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވުމާ އެކު، އެ ގޮނޑިތައް ހުސްވެފައި ވާތީ އެވެ. އެ އިސްލާހާ އެކު، މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ.
މިހާރު މަޖިލީހުގެ ޖުމްލަ އަދަދު ގުނަމުން ދަނީ ވެސް 80 ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ ގިނަ ނިންމުންތައް ފާސްވާނެ ގޮތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ނުވަތަ ކޯރަމަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން، މަޖިލީހުގެ ކޯރަމަކީ ވެސް ޖުމްލަ މެންބަރުންގެ އަދަދާ ވަރަށް ބޮޑަށް ގުޅިފައިވާ އަދަދެކެވެ.
ގާނޫނުއަސާސީގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ރިއާޔަތްކޮށް ގޮތް ކަނޑައަޅަން ޖެހޭ މުހިންމު ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ، މެންބަރުންގެ ޖުމްލަ އަދަދުގެ ވަކި ޕަސެންޓަކުން ފާސްކުރަން ޖެހޭނެ ކަމަށް ލާޒިމްވާ ކަންކަމަށް ވާއިރު، މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން މި ކަންކަން ފާހެއް ނުކުރެވެ އެވެ.
މެންބަރުންގެ އަދަދު ގުނާ ގޮތް ގޯސް: ހުކުމް
ސުޕްރީމް ކޯޓު: މަޖިލީހަށް ވެސް އިމުން ބޭރެއް ނުވެވޭނެ
ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ
ޔައުގޫބްގެ ގޮނޑީގެ މައްސަލައިގެ ހުކުމް ހޯމަ ދުވަހު
މެމްބަރެއްގެ ގޮނޑީގެ މައްސަލަ ވެއްދޭނީ ކޮން ބަޔަކަށް؟
ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް
ސުޕްރީމްކޯޓުގެ ލަފައާ އެއްގޮތަށް އިސްލާހު ހުށަހަޅައިފި
ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އިސްލާހުކުރަން
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނު ފާސް ކުރިޔަސް 12 މެމްބަރުން ވަތްކެއް ނުވޭ