ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައި ވާތީ މާލޭ ސަަރަހައްދުން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
09 ފެބުރުއަރީ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން ނިންމާފައި ވާތީ މާލޭ ސަަރަހައްދުން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން ރަޖިސްޓްރީވާން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މިކަމާ ގުޅޭ އިއުލާނެއް ކައުންސިލުން އިއްޔެ ކުރި އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަންނޯޓު ކުރުމަށް ވެސް އެ އެއިއުލާނުގައި އެދިފައިވެ އެވެ. ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ހަމަ އިއްޔެ ވަނީ ބާތިލްކޮށްފަ އެވެ.
ކައުންސިލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއުލާން ބާތިލްކުރީ، ހަނޑުލާއި ފުށް ބޭނުންވާ މީހުން ނަން ނޯޓު ކުރަން ހާއްސަ ޕޯޓަލެއް ހަދާތީ ކަމަށެވެ. އޭގައި ރަޖިސްޓްރީކުރަން އަންނަ ހޯމަ ދުވަހު އަނެއްކާ ވެސް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން ފަށައިފި
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
"މަރާމާތުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުން"
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ