ބަންޖުލް (ފެބްރުއަރީ 15) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވި ނަމަވެސް، 52 ގައުމު ހިމެނޭ ޖަމާއަތާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.
15 ފެބުރުއަރީ 2017
ބަންޖުލް (ފެބްރުއަރީ 15) - ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާ ޖަމޭގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވި ނަމަވެސް، 52 ގައުމު ހިމެނޭ ޖަމާއަތާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އާ ރައީސް އަދަމާ ބަރޯ ވިދާޅުވެއްޖެ އެވެ.
ގެމްބިއާ އަށް ވަޑައިގެން އުޅުއްވާ އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ހުޅަނގު އެފްރިކާގެ ގައުމުން ކޮމަންވެލްތާ އަލުން ގުޅޭތީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އިނގިރޭސި ޚާރިޖީ ވަޒީރަކު ފުރަތަމަ ފަހަރަށް ގެމްބިއާ އަށް ވަޑައިގެންފައި މި ވަނީ އެ ގައުމުގެ މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދޫނުކުރައްވަން އުޅުއްވި ޖަމޭ އެންމެ ފަހުން ގައުމު ދޫކުރައްވާ ވަޑައިގެންފައި ވަނިކޮށެވެ.
ރައީސް ޖަމޭގެ ވެރިކަމުގައި ގެމްބިއާ ކޮމަންވެލްތުން ވަކިވީ 2013 ވަނަ އަހަރު އެވެ.
ޖޯންސަން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ.
ގެމްބިއާގެ ރައީސް ބަރޯއާ ބައްދަލު ކުރެއްވުމަށް އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ރައީސް ބަރޯ ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަކިވެފައިވާ ވަކިވުން ވެސް ވަރަށް އަވަހަށް ބަދަލު ކުރާނެ ކަމަށެވެ.
ކޮމަންވެލްތު ސެކްރެޓޭރިއަޓުން ބުނީ ގެމްބިއާ އަލުން އެ ޖަމާއަތާ ގުޅެން އުޅޭތީ މަރުހަބާ ކިޔާ ކަމަށެވެ. އަދި ކޮމަންވެލްތާ އަލުން ގުޅުމުގެ ރަސްމީ މަސައްކަތް ކުރިއަށް ދާނީ 52 ގައުމުގެ ވެރިން އެއްބަސްވެގެން ކަމަށް ބުނެފައިވެ އެވެ.
"ގެމްބިއާ ކޮމަންވެލްތުން 2013 ވަނަ އަހަރު ވަކިވި އިރު މެންބަރު ގައުމުތަކުގެ ވެރިން ވަނީ ހިތާމައާ އެކު އެ ނިންމުން ނިންމާފައި. އެކަމަކު އެ ގައުމު އަލުން ގުޅެން އުޅުމަކީ އުފާ ކުރާ ކަމެއް. އަދި އެކަމަށް މަރުހަބާ ކިޔަން،" ކޮމަންވެލްތުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ގެމްބިއާ އަށް ދޭ އެހީ ތިން އަހަރުވަން ދެން ހިފެހެއްޓުމަށް ފަހު ޔޫރަޕިއަން ޔޫނިއަން އިން މިދިޔަ ހަފުތާގައި ވަނީ ގެމްބިއާ އަށް 81 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދޭން ނިންމައިފަ އެވެ.
މިނިވަން ނޫސްވެރިކަން ނަގަހައްޓަން ޔޫކޭ އިން ގޮވާލައިފި
ކޮމަންވެލްތުގެ އެސްޖީއާ ރައީސް ބައްދަލު ކުރައްވައިފި
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
ބޮރިސް ޖޯންސަން މަޖިލީހުން ވެސް އިސްތިއުފާ ދެއްވައިފި
ޗާލްސް ތަހުތަށް ވެޑުވުމުގެ ހަރަކާތުގައި އެމްއެންޑީއެފް
އިނގިރޭސި ބޮޑުވަޒީރުގެ މަގާމުގެ ވާދަވެރިކަން ބޮޑުވެފައި
ބޮރިސް އިސްތިއުފާ އިއުލާނުކުރައްވައިފި
ޔޫކޭގެ ބޮޑުވަޒީރު ބޮރިސް މިއަދު އިސްތިއުފާ ދެއްވަނީ
އިތުބާރު ނެތްކަމުގެ ވޯޓުން ޖޯންސަން ސަލާމަތްވެއްޖެ
އިނގިރޭސި ބޮޑުވަޒީރަށް ރަޝިޔާ އިން ފިޔަވަޅު އަޅައިފި