12 ފެބުރުއަރީ 2024
ވާދަވެރި ނިއު ރޭޑިއަންޓްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވިކްޓަރީ އަލުން އެއްވަނަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.
ވާދަވެރި ނިއު ރޭޑިއަންޓްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވިކްޓަރީ އަލުން އެއްވަނަ ޑިވިޝަނުން ޖާގަ ހޯދައިފި އެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށް ވިކްޓަރީން ފައިނަލުގައި ނުކުންނާނީ، އިއްޔެ ޓެންޓް ސްޕޯޓްސް ބަލިކޮށް ފައިނަލުން ޖާގަ ހޯދައި އެއްވަނަ ޑިވިޝަނުން ވެސް ޖާގަ ކަށަވަރު ކުރި މަސްއޮޑި އެވެ. މިފަހަރުގެ ދެވަނަ ޑިވިޝަނުން ފައިނަލަށް ދާ ދެ ޓީމު އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާ ގޮތަށް އެފްއޭއެމުން މިފަހަރު ވަނީ ގަވާއިދު ކަނޑައަޅައިފަ އެވެ.
ވިކްޓަރީ އާއި މަސްއޮޑި ކުޅޭ ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެގެ މެންދުރު 3:30 ގަ އެވެ.
މިއަދުގެ މެޗު ފަށައިގެން ކުރީކޮޅު ނުރައްކާ ކޮށް ފެނުނީ ނިއު އެވެ. ނަމަވެސް ވިކްޓަރީން ހަމަޖެހިލައިގެން ރަނގަޅަށް މެޗުތެރެއަށް ވަދެވުމާ އެކު ލިބުނު ފުރުސަތަކުން 26 ވަނަ މިނިޓުގައި ހުސެއިން ފައިސަލް (ފައިޓޯ) ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފަ އެވެ.
ދެޓީމަށް ވެސް ގޯލު ޖަހަން މާ ގިނަ ހުސް ފުރުސަތުތަކެއް ނުލިބުނު މި މެޗުގައި ވިކްޓަރީގެ ދެވަނަ ލަނޑު 67 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް ރިޒްހާން (ރިޒްކޯ) އެވެ.
ވިކްޓަރީ އެއްވަނަ ޑިވިޝަނަށް މި ޕްރޮމޯޓްވީ ހަތަރު އަހަރަށް ފަހު އެވެ. ދިވެހި ޕްރިމިއާ ލީގު 2019/2020 ސީޒަންގެ ދެވަނަ ބުރުގައި، ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގު މެޗަށް ފަހު، ވިކްޓަރީ ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހެވެ.
ސަސްޕެންޝަންގެ ސަބަބުން ރެލިގޭޓްވެ، ވިކްޓަރީ އަށް ޖެހުނީ ސަސްޕެންޝަނުން ސަލާމަތްވެ، ދެވަނަ ޑިވިޝަން ކުޅޭށެވެ. ޖެހިގެން އައި 2020/2021 ސީޒަންގައި ދެވަނަ ޑިވިޝަނެއް ނެތެވެ. އެއަށް ފަހު 2022 ވަނަ އަހަރު ބޭއްވި ދެވަނަ ޑިވިޝަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީ ވާދަ ކުރި އެވެ. ނަމަވެސް އެފަހަރު ގުރޫޕް ސްޓޭޖުން އަރައެއް ނުގަނެވުނެވެ.
ނިއު އެންމެ ފަހުން ޕްރިމިއާ ލީގު ކުޅުނީ 2018 ވަނަ އަހަރެވެ. ޖެހިގެން އައި ސީޒަން ފެށުމުގެ ކުރިން އެޓީމު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ 26 ގަ އެވެ. ނިއު އާއި ވިކްޓަރީ ވެސް ސަސްޕެންޝަނުން ސަލާމަތްވީ ގާތްގާތުގަ އެވެ.
އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުން ވެސް ނިއު ރޭޑިއަންޓް ކެޓީ ސެމީ ފައިނަލާ ހަމައިންނެވެ.
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
ސަޕޯޓަރުންގެ ފޯރިއާއެކު ނިއުއިން ވިކްޓަރީ ބަލިކޮށްފި
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި