24 ޖުލައި 2022
ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީން ދެ ވަނަ ޑިވިޝަނުގައި މިރޭ ވާދަކުރާ މެޗަކީ ކްލަބް ފުޓްބޯޅައިގައި މި ތިން އަހަރު ތެރޭ ފެންނާނެ އެންމެ ފޯރި ގަދަ މެޗު ކަމަށް ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީން ދެ ވަނަ ޑިވިޝަނުގައި މިރޭ ވާދަކުރާ މެޗަކީ ކްލަބް ފުޓްބޯޅައިގައި މި ތިން އަހަރު ތެރޭ ފެންނާނެ އެންމެ ފޯރި ގަދަ މެޗު ކަމަށް ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.
ނިއު އާއި ވިކްޓަރީ އަށް ވެސް ކުޅުނު ސޮބާ ބުނި ގޮތުގައި ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ ފޯރި ކެނޑިފައިވާ ވަގުތު މި ދެ ޓީމުގެ މެޗަކީ އެ ފޯރި އަލުން ގެންނަން އެންމެ ރަނގަޅު މެޗު ކަމަށެވެ.
"ތެދެއް ނިއު އާއި ވިކްޓަރީގައި އޮތީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ދެ ސްކޮޑެއް ނޫން. އަދި ދެ ޓީމު އޮތީ ވެސް ޓޮޕް ޑިވިޝަންގައެއް ވެސް ނޫން މި ވާދަކުރަނީ. އެހެން ވިޔަސް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކްލަބް ފުޓްބޯޅައިގައި މި ތިން އަހަރު ތެރޭ ފެންނާނެ އެންމެ ފޯރިގަދަ މެޗަކަށް މި މެޗު ވާނެ،" މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ނިއު އަށް ކޯޗު ކޮށްދިން ސޮބާ ބުންޏެވެ.
ނިލޮރެންޒޯ އާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އެ ޓީމު އޮތީ ގުރޫޕްގެ އެއްވަނައިގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގުރޫޕް 2 ގައި މިވަގުތު ފޭވަރިޓެއްގެ ގޮތުގައި އޮތީ ނިއު އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ އެ ޓީމު އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ވިކްޓަރީ ކުޅުނު ދެ މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. އަނެއް މެޗުން އެއްވަރުވީ އެވެ.
ސޮބާ ބުނި ގޮތުގައި ބޮޑު މެޗެއްގައި ފޭވަރިޓް ޓީމެއް ނޯންނާނެ އެވެ. އޭނާ އާއި ނިއުގެ ކުޅުންތެރިން ވެސް އެގޮތަށް ވިސްނުން ނުގެން ގުޅޭ ކަމަށް ކުރީގެ ޑިފެންޑަރު ބުންޏެވެ.
"މިކަހަލަ މެޗުތައް ނޭނގޭނެ ޕްރިޑިކްޓް ކުރާކަށް. އެކަމަކު ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާނެ. ނަތީޖާ ކޮންމެހެން ނެރެން ޖެހޭ މެޗެއް ކަމަށް ދެކިގެން،" މީގެ ކުރިން ކްލަބް ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރަމޯޓް ކޮށްދިން ޒުވާން ކޯޗު ބުންޏެވެ.
ލިޓްލް ޓައުން އާ ދެކޮލަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ވިކްޓަރީގެ ލުބުނާންގެ ފޯވާޑް މުހައްމަދު ޖަލާލް ގްދުވާ އުފާފާޅު ކުރަނީ: ވިކްޓަރީ އާއި ނިއު މިރޭ ކުޅޭ މެޗު އޮންނާނެ. --- ފޮޓޯ: ވިކްޓަރީ
އޭނާ ބުނި ގޮތުގައި މިދިޔަ ތިން އަހަރު ކްލަބް ފުޓްބޯޅަ މެޗަކަށް ސަޕޯޓަރުން ދަނޑަށް ނުވަންނަ ވަރަށް، މިރޭގެ މެޗުގައި އެކަނި ވެސް ސަޕޯޓަރުން ދަނޑަށް ވަންނާނެ އެވެ. އެންމެ ފަހުން ލޮރެންޒޯ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި އެ ކްލަބްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަނެވެ.
"އެ މެޗަކީ މިތިން އަހަރު ތެރޭ ކްލަބް ފުޓްބޯޅަ ބަލަން މިހާތަނަށް އެންމެ ގިނަ މީހުން ދަނޑަށް ވަން މެޗު. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަދި މިރޭގެ މެޗުގައި އެ އަށް ވުރެ ގިނަ މީހުން ދަނޑަށް ވަންނާނެ. ފަހަރެއްގައި ވެދާނެ މީ މި ތިން އަހަރު ތެރޭ ކްލަބް މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ދަނޑަށް ވަންނަ މެޗަށް ވެސް،" އޭނާ ބުންޏެވެ.
"މި މެޗު މި އަންނަނީ ވެސް ރަނގަޅު ވަގުތެއްގައި ކްލަބް ފުޓްބޯޅައިގެ ފޯރި ނެތް ވަގުތެއްގައި މިކަހަލަ މެޗަކަށް ރާއްޖޭގެ ފުޓްބޯޅަ ސަޕޯޓަރުން ބޭނުން ވެފައި އޮތް ދަނޑިވަޅެއް މިއީ."
މިރޭ ގެ މެޗު ނިއު އާއި ވިކްޓަރީން ވެސް ޕްރޮމޯޓް ކުރަނީ "ރަސް ވާދަ" އިގެ ޓެގް ލައިންގެ ދަށުންނެވެ. މި މެޗު އޮންނާނީ މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ.
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ކުޑަހެންވޭރުން ކުޅެން ބޭނުމެއް ނޫން، ވިކްޓަރީ ސެމީއަށް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ