Roadha Mihaaru
ފަލަސްތީނު މީހުން އެމެރިކާއިން ޑީޕޯޓްކުރުން މަނާކޮށްފި

ފަލަސްތީނު މީހުން އެމެރިކާއިން ޑީޕޯޓްކުރުން ބައިޑެން މަނާކުރައްވައިފި

15 ފެބުރުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކަށް އެމެރިކާ ތާއީދުކުރާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ފާޑުކިޔުން އިތުރުވެ ކުރިމަތީގައި އޮތް ރިޔާސީ އިންތިހާބުގައި އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ފަލަސްތީނު އެއްވެސް މީހަކު ކުރިއަށް އޮތް 18 މަސް ދުވަސް ތެރޭ އެމެރިކާއިން ޑީޕޯޓް ނުކުރުމަށް ބައިޑެން އަމުރުކުރައްވައިފި އެވެ.

ވައިޓް ހައުސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ބުދަ ދުވަހު ވިދާޅުވީ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައި ވާއިރު މި ވަގުތު ފަލަސްތީނު މީހުން ޑީޕޯޓްކޮށްގެން ނުވާނެ ކަމަށް ބުނާ އަމުރެއްގައި ބައިޑެން ސޮއިކުރައްވާފައިވާ ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނި ގޮތުގައި މިއީ އަމިއްލަ ގައުމުގައި ނުރައްކާތެރި ހާލަތެއް އޮތް ކަމަށްވާ ނަމަ އެ މީހަކު އެމެރިކާއިން ޑީޕޯޓް ނުކޮށް، އެމެރިކާގައި ތިބުމަށް ގާނޫނުން ލިބިދޭ އިހްތިޔާރުގެ ދަށުން ނެރުއްވި އަމުރެކެވެ. އަދި މި އަމުރުގެ ދަށުން ފަލަސްތީނުގެ 6،000 މީހަކަށް އެމެރިކާގައި ތިބުމަށް ފުރުސަތު ލިބޭ ކަމަށް ބުންޏެވެ.

ބައިޑެން މިގޮތަށް ނިންމަވާފައި މި ވަނީ އިޒްރޭލަށް ކުރާ ތާއީދުގެ ސަބަބުން، ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ. ބައިޑެންގެ އަރިސް ބޭފުޅުން ވެސް ވަނީ މި މައްސަލައިގައި އެމެރިކާގެ މުސްލިމުން ސުލްހަކޮށް ރުހުން ހޯދުމުގެ މަސައްކަތުގައި، މުސްލިމުން ގިނަ މިޝިގަންގެ ދީނީ ލީޑަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.

އެކަމަކު ހަމަ މި ވަގުތު އިދިކޮޅު ރިޕަބްލިކަން އިން ގެންދަނީ އެމެރިކާގެ އިމިގްރޭޝަން ގާނޫނު ރަނގަޅަށް ތަންފީޒު ނުވެ އެމެރިކާއަށް އެކި ގައުމުތަކުން ގާނޫނާ ހިލާފަށް އެތައް ބަޔަކު އެތެރެވަމުންދާ މައްސަލައިގައި ފާޑުކިޔަމުންނެވެ. --އޭއެފްޕީ