އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ހެދި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަން ގޮސް ތިބި ރަފަހް އަށް އިޒްރޭލު ސިފައިން ނުވަންނަން ބުނުމުަކީ "ހަނގުރާމައި ބަލިވެގެން ދާން" ބުނުމުގެ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކޮށްފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ހެދި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަން ގޮސް ތިބި ރަފަހް އަށް އިޒްރޭލު ސިފައިން ނުވަންނަން ބުނުމުަކީ "ހަނގުރާމައި ބަލިވެގެން ދާން" ބުނުމުގެ ގޮތުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސިފަކޮށްފި އެވެ.
އޮކްޓޫބަރު 7 ގައި ހަމާސްއިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލާއި 250 މީހަކު ރަހީނުކުރުމުން ހަމާސް ނައްތާލުމުގެ ނަމުގައި ހަނގުރާމަ ފެށި ނަތަންޔާހޫ ވަނީ ހަމާސް އިން ރަހީނުން މިނިވަންކުރި ކަމުގައި ވިޔަސް ރަފަހް އަށް އަރާނެ ކަމަށް ބުނެފަ އެވެ.
"ރަހީނުން މިނިވަންކުރެވުނު ކަމުގައި ވިޔަސް ރަފަހް އަށް ވަންނާނަން،" ޓީވީން ދެއްކި ޕްރެސް ކޮންފަރެންސެއްގައި ނަތަންޔާހޫ ބުންޏެވެ.
ރަފަހްގައި 1.4 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު އެތަނަށް އަރައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް ހިންގަން ފަށައިފި ނަމަ އިންސާނީ ބޮޑު ކާރިސާއެއް ހިނގާނެ ކަމުގެ އިންޒާރު އިޒްރޭލު އެކުވެރި ގައުމުތަކާއި އެކި ޖަމާއަތްތަކުން ވެސް އަންނަނީ ދެމުންނެވެ.
މި ފިއްތުންތަކާ އެކު އިޒްރޭލު ސިފައިން ބުނަމުން އަންނަނީ ރަފަހް އަށް އަރާނީ އާންމުން ދުރުކޮށް، ހިމާޔަތް ލިބޭ ގޮތް ބަލައިގެން ކަމަށެވެ. އެކަމަކު ރަފަހްގައި ތިބި މީހުން ބުނަމުން ދަނީ ސިފައިން އަރައިފި ނަމަ ރައްކާތެރިކަން ހޯދަން ދާނެ ތަނެއް ނެތް ކަމަށެވެ. -- އޭއެފްޕީ
ރަފަހް އަށް އެރުމަކީ ހެދޭނެ ގޯހެއް: ބައިޑެން
އަހަރެމެން ނުހުއްޓުވޭނެ، ރަފަހްއަށް އަރާނެ: ނަތަންޔާހޫ
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ހަމަލާދޭން ފަށަން ނަތަންޔާހޫ އަންގައިފި
ސުލްހައިގެ ފައުޖެއް އޮތަސް ހަމަލާދޭނަން: ނަތަންޔާހޫ
ޣައްޒާއަަށް ތުރުކީ ސިފައިން ވައްދަން ދެކޮޅު ހަދައިފި
"އަސީރުންގެ ހަށިތައް ނުލިބެނީސް ބޯޑަރެއް ނުހުޅުވާނަން"
އިޒްރޭލުން ރަފަހް ބޯޑަރު ހުޅުވާނެ ކަމަށް ބުނެފި
ޣައްޒާ ސަމިޓުގެ ލީޑަރުން ނަތަންޔާހޫއަށް ނޫނެކޭ ބުނެފި
ޣައްޒާގެ ސުލްހައިގެ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވޭ