Roadha Mihaaru
ވަރުން އަށް ކުއްޖަކު ލިބެނީ

ވަރުން އަށް ކުއްޖަކު ލިބެނީ

19 ފެބުރުއަރީ 2024

ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ އެކްޓަރު ވަރުން ދާވަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފި އެވެ.

ވަރުންގެ އަންހެނުން ނަތާޝާ ދަލާލް ބަލިވެއިންކަން އޭނާ އިއުލާންކުރީ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ހިއްސާކުރި ފޮޓޯއިން ފެންނަނީ ނަތާޝާގެ "ބޭބީ ބަންޕަށް" ވަރުން ބޮސްދޭތަނެވެ. އަދި ވަރުން ގެންގުޅޭ ކުއްތާ ވެސް އެމީހުން ކައިރީގައި އިނެވެ. މި ފޮޓޯ ނަގާފައި ވަނީ ބޮންބޭގައި ހުންނަ ވަރުގެ ދެމަފިރިންގެ ގޭގަ އެވެ.

"ވީ އާ ޕްރެގްނެންޓް. އެންމެންގެ ދުއާ އާއި ލޯބި ބޭނުންވޭ،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

ވަރުން އާއި ފެޝަން ޑިޒައިނަރެއް ކަމަށްވާ ނަތާޝާ ލޯބީގެ ގޮތުން ގުޅުނީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެމީހުންނަކީ ސްކޫލް ދުވަސްވަރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

އެ ދެމީހުން ކައިވެނިކުރީ ޖެނުއަރީ 24، 2021 ގަ އެވެ.