ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާން އިންސްޓަގްރާމްގައި ސިއްރު އެކައުންޓެއް ގެންގުޅޭ ކަމަށް އޭނާ ބުނެފި އެވެ.
02 ޖުލައި 2024
ބޮލީވުޑް އެކްޓަރު ސައިފް އަލީ ހާން އިންސްޓަގްރާމްގައި ސިއްރު އެކައުންޓެއް ގެންގުޅޭ ކަމަށް އޭނާ ބުނެފި އެވެ.
އިންސްޓަގްރާމްގައި ސިއްރު އެކައުންޓެއް ގެންގުޅޭ ކަމަށް ސައިފް ބުނީ ދާދި ފަހުން އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އަށް ދިން އިންޓަވިއުއެއްގަ އެވެ.
ސައިފް ބުނީ އިންސްޓަގްރާމް އެޕް ފޯނަށް އަޅާފައިި އިނަސް، އޭނާ އެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ގިނައިން ވަންނަނީ ބްރައުޒާ އިން ކަމަށެވެ. އިންސްޓަގްރާމަކީ އޭނާ މާ ގަޔާވާ އެއްޗެއް ނޫން ކަމަށް ވެސް ސައިފް ބުންޏެވެ.
ސައިފް ބުނި ގޮތުގައި، އޭނާގެ އަމިއްލަ ނަފުސާއި ދިރިއުޅުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެއްޗިހި ހިއްސާކުރަން ބޭނުން ނުވެ އެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި ނޫޅޭތީ އެއްވެސް މީހަކު، އެއްވެސް އެއްޗެއް ޕްރޮމޯޓުކުރަން ނާހާތީ އެކަމާ ވެސް ވަރަށް ހިތްހަމަޖެހެ އެވެ.
ދުވަހަކު ވެސް އިންސްޓަގްރާމްގައި ޕަބްލިކް އެކައުންޓެއް ހަދާނަންތޯ ސުވާލުކުރުމުން ސައިފް ބުނީ ފަހަރެއްގައި ކަމަށެވެ. ސައިފް ބުނީ އޭނާ އަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ޝައުގުވެރިކަން ހުންނަ މީހަކަށް ވުމުން ފަހަރެއްގައި އޭނާ ސޯޝަލް މީޑިއާ އިން ފެނި ވެސް ދާނެ ކަމަށެވެ.
ސައިފްއާ ހިލާފަށް އޭނާގެ އަންހެނުން އަދި މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ހާން އަކީ އިންސްޓަގްރާމްގައި ވަރަށް އެކްޓީވް މީހެކެވެ.
ސައިފް އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނުކުތް ފިލްމު "އަދިޕުރުޝް" އެވެ. އަދި ކަރީނާގެ އެންމެ ފަހުން ފެނުނީ މި އަހަރު ނުކުތް ފިލްމު "ކްރޫ" އިންނެވެ.
މަންމައެއް ގޮތަށް އުޅެވޭތީ ސާރާ މާފަށް އެދިއްޖެ
އަމްރިތާއާ ވައްތަރަސް، ސާރާގެ ހުންނަނީ ސައިފްގެ އުޅުން
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
ކަރީނާގެ ދަރިފުޅު ތައިމޫރާ ވައްތަރު ކުއްޖެއް
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ސޯނޫ ސޫދު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
ވައްކަން ކުރީ ފަގީރުކަމުން: ސައިފަށް ހަމަލާދިން މީހާ
ސައިފަށް ހަމަލާދީގެން ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް!